Saturday, 24 October 2026
Ads by

ސިޔާސީގޮތުން ރައްދުދިނުމުގެ ބަދަލުގައި މަސައްކަތްކުރަނީ ވަޢުދުތައް ފުއްދަން: ރައީސް

ސިޔާސީގޮތުން ރައްދުދިނުމުގެ ބަދަލުގައި މަސައްކަތްކުރަނީ ވަޢުދުތައް ފުއްދަން: ރައީސް

ނޭޝަންޗެޓް ޕްރޮގްރާމްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ|ރައީސް އޮފީސް

ސިޔާސީ ވާދަވެރިންގެ ވާހަކަތަކަށް ރައްދު ދެއްވުމުގެ ބަދަލުގައި، ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށް އިސްކަންދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒާ ވާދަކޮށް، އެ މަނިކުފާނު ބަލިކުރެވޭނެކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. މި ކަމާ ގުޅޭ ގޮތުން ޕީއެސްއެމްގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ވާދަވެރިންގެ ވާހަކަތަކަށް ވިސްނެވުމުގެ ބަދަލުގައި، ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށް ސަމާލުކަން ދެއްވާ ކަމަށެވެ.

”އަޅުގަނޑު އެ ކަމާ ވިސްނައެއް ނުލަން. އަޅުގަނޑު ވިސްނަނީ ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމަށް. ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޢާންމު ރައްޔިތުންނާ ގުޅިގެން، ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށް ދާނީ. ވީ ވަޢުދުތައް ފުއްދުމުގައި ކާމިޔާބު ހޯދުމަށް، ހުރިހާ ފަރާތްތަކާ ގުޅިގެން ކެނޑިނޭޅި މަސައްކަތް ކުރާނަން.“

ރައީސް ވިދާޅުވި ގޮތުގައި، ވެވަޑައިގެންނެވި ވަޢުދުތައް ތަންފީޒު ކުރެއްވުމުގައި ހުރިހާ ދާއިރާއަކުންވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދިފައިވެއެވެ. ރައްޔިތުންގެ ބޭނުންތައް ފުއްދައިދެއްވުމަށް ދެމިހުންނަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ، ޤައުމުގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމާއި، ޚާރިޖީ ސިޔާސަތު ތަރައްޤީ ކުރެއްވުމާއި، އިޖްތިމާއީ ދާއިރާ ކުރިއެރުވުމާއި، ވިޔަފާރީގެ މާޙައުލު ތަރައްޤީ ކުރެއްވުމާއި، ޒުވާނުން ބިނާ ކުރެއްވުމާއި، ސިއްޙީ ދާއިރާ ހަރުދަނާ ކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދުތައް، ވަޢުދާ އެއްގޮތަށް ފުއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސްގެ ވަޢުދުފުޅުތަކުގެ ތެރޭގައި، އުމްރާނީ ތަރައްޤީ ހަލުވިކަމާ އެކު ކުރިއެރުވުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުން ހިމެނެއެވެ. ހަމަ އެ ފަދައިން، ޤައުމީ ދިފާޢީ ބާރު ވަސީލަތާއި ޤާބިލިއްޔަތުގެ ގޮތުން ތަނަވަސް ކޮށްދެއްވުމާއި، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާ ކުރެއްވުމަށްވެސް ރައީސް ޚާއްޞަ ސަމާލުކަމެއް ދެއްވައެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަސައްކަތްކުރެއްވުމުގެ އިތުރުން، ސިއްޙީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ތަޢުލީމީ ނިޒާމު ތަރައްޤީ ކުރެއްވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ޤައުމުގެ ހުރިހާ ދާއިރާއަކުން ކުރިއެރުން ހޯދައިދެއްވުމަށް ރައީސް ދެއްވި ޔަޤީންކަމަކީ، ރައްޔިތުން ބޮޑު އުންމީދަކާ އެކު ބަލައިގަތް ވަޢުދުތަކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ