Saturday, 11 April 2026
Ads by

މަޖިލިސް ރައީސްކަމަށް އަބްދުއްރަހީމާއި ނާޒިލްގެ ނަންފުޅު

މަޖިލިސް ރައީސްކަމަށް އަބްދުއްރަހީމާއި ނާޒިލްގެ ނަންފުޅު

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޕީއެންސީގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުالله އާއި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ވާދަކުރަން ނިންމައިފިއެވެ.

Ad Image
Ads by

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާގައި އަބްދުއްރަހީމްގެ ނަންފުޅު ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އަބްދުއްރަހީމްގެ ނަންފުޅަށް 2 މެންބަރަކު ތާއީދު ކުރެއްވިއެވެ. އެމްޑީޕީގެ ފަރާތުން ނާޒިލްގެ ނަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ. އޭނާއަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ތާއީދުކުރެއްވިއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމަށް ހުށަހަޅުއްވާފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނަމާއި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަން ވަނީ ހުށަހަޅައިފަ އެވެ.

މި މަޖިލިހުގައި ސުޕަމެޖޯރިޓީ ހޯދާފައިވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއިންނެވެ. ޕީއެންސީގެ 76 މެމްބަރުން މި ފަހަރު މަޖިލީހުގައި ތިއްބަވާނެއެވެ. އެއީ އެ ޕާޓީގެ ޓިކެޓުގައި ހޮވުނު 66 މެމްބަރުންނާ އަލަށް އެޕާޓީއާ ގުޅުނު 10 މެމްބަރުން ހިމެނޭހެންނެވެ.

އެމްޑީޕީގެ ތިއްބަވާނީ 12 މެމްބަރުން، އަދި އެމްޑީއޭގެ ދެ މެމްބަރުން އަދި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ ކޮންމެ ޕާޓީއަކުން އަދި އަމިއްލަ ގޮތުން މެންބަރެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mdp lce26
އެމްޑީޕީ އުނބަށް ޖެހުން: ވަކިކުރި 2 މީހުންގެ މަޤާމު އިޔާދަކޮށް، ޣަފޫރަށް އިތުބާރު އޮތްކަމަށް ނިންމައިފި
drug sus
މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
suspct
މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
ec vote
ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރަށް ދިޔަ ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު!
Ads by
މަގުބޫލު
pnc
މާމިގިލިން ޤާސިމަށް ވަރުގަދަ މެސެޖެއް: ފުރަތަމަ ފަހަރަށް ޖޭޕީގެ މެޖޯރިޓީ ޕީއެންސީން ގެއްލުވާލައިފި
eki report muizzu
ޒާތީ ހަސަދައިގަ ފެތުރި ބުހުތާނަށް މިފަހަރުވެސް ރައީސް މުޢިއްޒު ދެއްކެވީ ރިވެތި އަޚުލާޤާއި ސުލޫކު!
aeko
އެމްޑީޕީ ވަޅޯތާފަނާ ޖަލްސާއިން ފައިދާވީ ޕީއެންސީއާއި ރައީސް މުޢިއްޒަށް: ސައިފް
reset yamyn
ޔާމީންގެ ތާއީދުގައި ނުކުތް އެންމެ ކެންޑިޑޭޓަކުވެސް ނުހޮވުނު !
pnc
މާމިގިލިން ޤާސިމަށް ވަރުގަދަ މެސެޖެއް: ފުރަތަމަ ފަހަރަށް ޖޭޕީގެ މެޖޯރިޓީ ޕީއެންސީން ގެއްލުވާލައިފި
eki report muizzu
ޒާތީ ހަސަދައިގަ ފެތުރި ބުހުތާނަށް މިފަހަރުވެސް ރައީސް މުޢިއްޒު ދެއްކެވީ ރިވެތި އަޚުލާޤާއި ސުލޫކު!
aeko
އެމްޑީޕީ ވަޅޯތާފަނާ ޖަލްސާއިން ފައިދާވީ ޕީއެންސީއާއި ރައީސް މުޢިއްޒަށް: ސައިފް
reset yamyn
ޔާމީންގެ ތާއީދުގައި ނުކުތް އެންމެ ކެންޑިޑޭޓަކުވެސް ނުހޮވުނު !