Sunday, 25 October 2026
Ads by

ތިލަމާލެ ބްރިޖު މަޝްރޫއުގެ ފެންވަރާ މެދު އެއްވެސް ޝައްކެއް ނެތް: ރައީސް

ތިލަމާލެ ބްރިޖު މަޝްރޫއުގެ ފެންވަރާ މެދު އެއްވެސް ޝައްކެއް ނެތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕީއެސްއެމްގެ ނޭޝަން ޗެޓް ޕްރޮގްރާމަށް ދެއްވި އިންޓަރވިއުގެ ތެރެއިން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ތިލަމާލެ ބްރިޖު މަޝްރޫއުގެ ފެންވަރާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ 2027 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސިނަމާލެ ބްރިޖުގެ ކޮލިޓީ ކަށަވަރުކުރި ކުންފުނިން ތިލަމާލެ ބްރިޖުގެ ފެންވަރު ވެސް ވަރަށް ގާތުން ބަލަހައްޓަމުންދާ ކަމަށެވެ. އަދި އޭރު ސިނަމާލެ ބްރިޖުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި ޑިރެކްޓަރު މި މަޝްރޫއުގައި ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާތީ، ބްރިޖުގެ ފެންވަރާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެއާ ދެމެދު މިހާރު ގުޅައިލެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ގުޅީފަޅާ ހަމައަށް ބްރިޖު ގުޅައިލުމުން ތާރުއެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މި މަޝްރޫއު އެއްކޮށް ފުރިހަމަވެގެންދާނީ ތިލަފުށްޓާ ހަމައަށް ގުޅާލެވުމުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ބްރިޖުގެ މަސައްކަތްތައް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލުމަކީ ސަރުކާރުގެ ބޮޑު އަމާޒު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ތިލަމާލެ ބްރިޖްގެ ހުރިހާ މަސައްކަތްތަކެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އުންމީދުކުރަން. ތިލަފުއްޓާ ހަމައަށް ގުޅާލައިގެން މުޅި މަޝްރޫއު ނިންމާލެވޭނީ“ – ރައީސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނިމިދިޔަ އެމްޑީޕީ ސަރުކާރު ނިމުނުއިރު، ތިލަމާލެ ބުރިޖުގެ ނިމިފައިވަނީ އެންމެ 30 އިންސައްތަ މަސައްކަތެވެ. ނަމަވެސް ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިވީ ކުރު މުއްދަތުގެ ތެރޭގައި އިންޑިއާ ސަރުކާރާއެކު ކުރެވުނު މުހިއްމު މަޝްވަރާތަކުގެ ސަބަބުން މަސައްކަތުގެ ދުވެލި ވަނީ ހަލުވިކުރެވިފައެވެ. އެގޮތުން މަޝްރޫއުގެ 76.1 އިންސައްތަ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mauraz raees hulhuvun
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ރައީސް މުޢިއްޒު ހުޅުއްވައިދެއްވައިފި
download - 2026-10-25T210632
ކީމޯތެރަޕީގެ ވޭނާ ނުލައި ކެންސަރު ސެލްތައް ނައްތާލެވޭނެ އައު ފަރުވާއެއް ޖަޕާނުން ހޯދައިފި
IMG_9451
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް
20261024_235904
ޔަމަނުގެ ޢަދަންގެ އަސްކަރީ މަރުކަޒުތަކަށާއި އެއަރޕޯޓަށް ޙޫޘީން ބެލިސްޓިކް މިސައިލް ޙަމަލާތަކެއް ދީފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި