Saturday, 24 October 2026
Ads by

އަލްޝަރާ އިސްލާމިކް ސްޓޭޓާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް އެމެރިކާގެ ’ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުން‘ ސޫރިޔާ އުނިކޮށްފި

އަލްޝަރާ އިސްލާމިކް ސްޓޭޓާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް އެމެރިކާގެ ’ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުން‘ ސޫރިޔާ އުނިކޮށްފި

މީގެ ކުރީން 10 މިލިއަން ޑޮލަރުގެ އިނާމަކާއެކު އެމެރިކާގެ މޯސްޓު ވޯންޓެޑް ލިސްޓުގައި ހިމެނުނު އަބޫ މުޙައްމަދު އަލްޖޫލާނީ ވަނީ އޭނާގެ ޖަމާޢަތަށާއި ޝަޚުސަށް ބޮޑު ބަދަލުތަކެއް ގެނެސް، އެމެރިކާޔާ ހުޅަނގުގެ ޤައުމުތަކުގެ ރުހުން ހޯދައި، ޓެރަރިސްޓުން އުނިކޮށް އަހްމަދު އަލްޝަރާއަށް ބަދަލުވެފައެވެ. (ފޮޓޯ ކޮލާޖު)

އެމެރިކާގެ ޚާރިޖިއްޔާއިން (ސްޓޭޓް ޑިޕާޓްމަންޓް) ’ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުން‘ ސޫރިޔާ ރަސްމީކޮށް އުނިކޮށް، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދިގު މުއްދަތުގެ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފިއެވެ. މިއީ 1979 ވަނަ އަހަރަށްފަހު، 47 އަހަރު ދުވަސް ވަންދެން ސޫރިޔާ އެ ލިސްޓުގައި އޮތުމަށްފަހު އެމެރިކާއިން ނިންމި ތާރީޚީ ނިންމުމެކެވެ.

Ad Image
Ads by

މީގެ އިތުރުން، ސޫރިޔާގެ މިހާރުގެ ރައީސް އަޙްމަދު އަލް-ޝަރާ ކުރީގެ ނަމުންނަމަ އަބޫ މުޙައްމަދު އަލްޖޫލާނީ އިސްކޮށް ހުރި ކުރީގެ ހަނގުރާމަވެރި ޖަމާޢަތް، ’ހައިއަތު ތަޙްރީރު އަލް-ޝާމް‘ (އެޗް.ޓީ.އެސް) އާ ދެކޮޅަށް އޮތް ”ބައިނަލްއަޤްވާމީ ޓެރަރިސްޓް ޖަމާޢަތުގެ“ ނަންވެސް އެމެރިކާއިން ވަނީ އުވާލާފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުނީ، މި ނިންމުމަކީ ސޫރިޔާގެ އާ ސަރުކާރުން ބައިނަލްއަޤްވާމީ ޓެރަރިޒަމާ ދުރުހެލިވެ، އައި.އެސް އާއި އެހެނިހެން ހަތިޔާރުއެޅި ޖަމާޢަތްތަކާ ދެކޮޅަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

މި ނިންމުމާއެކު ސޫރިޔާގެ އަމިއްލަ ސެކްޓަރަށް އިންވެސްޓްމަންޓްތައް ގެނައުމަށް އޮތް ހުރަސްތައް ނައްތާލެވި، އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށް ބޮޑު ފުރުޞަތެއް ލިބިގެންދާނެ ކަމަށް ޚަބަރުދެއެވެ. ސޫރިޔާގެ ޚާރިޖީ ވަޒީރު އަސާދު އަލް-ޝައިބާނީ ވަނީ މި ނިންމުމަށް މަރުޙަބާ ކިޔައި، މިއީ ސޫރިޔާގެ ރައްޔިތުން ގެނައި ބަދަލުގެ ނަތީޖާ ކަމަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި