Saturday, 29 August 2026
Ads by

ބަހަކުން ނުވަތަ ލިޔުމަކުން ވިޔަސް ޤައުމާ ދެކޮޅުވެވިދާނެ، ކޮންމެ މީހަކުވެސް ޒިންމާދާރުވާންޖެހޭ: ރައީސް

ބަހަކުން ނުވަތަ ލިޔުމަކުން ވިޔަސް ޤައުމާ ދެކޮޅުވެވިދާނެ، ކޮންމެ މީހަކުވެސް ޒިންމާދާރުވާންޖެހޭ: ރައީސް

ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން ޤައުމާ އެއްކޮޅަށް ތިބުމަށާއި، ޤައުމުގެ އިސްލާމީ ވަޙްދަތާއި އެއްބައިވަންތަކަން ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

Ad Image
Ads by

ނޭޝަންޗެޓް ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ މާޒީއަށް ބެލިނަމަވެސް އަދި މިހާރުވެސް އެކިއެކި މަޤްޞަދުތަކުގައި، ޤަޞްދުގައި ނުވަތަ ނޭނގި ނަމަވެސް ޤައުމާ ދެކޮޅަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި ޤައުމާ ދެކޮޅުވުމަކީ ހަމައެކަނި ކަނޑިއާއި ބަޑި ހިފައިގެން ހަނގުރާމަކުރުން ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފިކުރީ ގޮތުންނާއި، ލިޔެވޭ ލިޔުމަކުންނާއި، ބުނެވޭ ބަހަކުން އަދި ކުރެވޭ އެކި ޢަމަލުތަކުންވެސް ޤައުމާ ދެކޮޅުވެވިދާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޙަޤީޤީ ޝަޚްޞިއްޔަތު ބަޔާންކޮށްދެއްވަމުން ރައީސް ވިދާޅުވީ، ދިވެހި ޤައުމަކީ ސައްތައިން ސައްތަ އިސްލާމީ، އެއްބައިވަންތަ އަދި އެއްބަސްވަންތަ ބައެއް ދިރިއުޅޭ ޤައުމެއް ކަމަށެވެ. އަދި މި ޤައުމުގެ އަސްލުތަކާއި، މައިގަނޑު ބަހާތަކާއި ޙަޤީޤަތްތައް ފުނޑުފުނޑުވެ، ވީރާނާވާ ގޮތަށް ކުރެވޭ ކޮންމެ ކަމަކީ ސީދާ ޤައުމާ ދެކޮޅަށް ކުރެވޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

”މިކަންކަން އެބަކުރެވޭ. ކުރީގަވެސް ވަނީ ކުރެވިފަ. އެކަންކަން ކުރެވުނީމަ ލިބުނު ގެއްލުންތައް އަޅުގަނޑުމެނަށް އެނގޭ. އެހެންވީމަ އެކަންކަން އެހެން ވިޔަނުދިނުމަށްޓަކައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ހޭއަރާ ތިބެންޖެހޭނެ،“ ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މާޒީގައި މިފަދަ ކަންކަމުގެ ސަބަބުން ޤައުމަށް ލިބިފައިވާ ގެއްލުންތަކުން ޢިބްރަތް ޙާޞިލުކޮށް، ދިވެހި ޤައުމިއްޔަތާއި އިސްލާމީ އުޞޫލުތައް ދެމެހެއްޓުމަށްޓަކައި ހުރިހާ ރައްޔިތުންވެސް ފާރަވެރިވެ، ޤައުމީ މަޞްލަޙަތު އިސްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް