Saturday, 29 August 2026
Ads by

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުށަހެޅި ދަތުރުފަތުރާ ބެހޭ ބިލު ފާސްކޮށްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުށަހެޅި ދަތުރުފަތުރާ ބެހޭ ބިލު ފާސްކޮށްފި

މާލޭގެ މަގުމަތި--- ފޮޓޯ: އެކި އެމްވީ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދަތުރުފަތުރާ ބެހޭ ބިލު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Ad Image
Ads by

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބެވެ. ކޮމިޓީން ގެނައި އިސްލާހުތަކާއެކު މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ 47 މެންބަރުންގެ ވޯޓާއެކުގައެވެ.

މި ބިލު ހުށަހެޅި މައިގަނޑު ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ޒަމާނާ އެކަށޭނަ ގޮތެއްގެ މަތިން ރާވައި ހިންގުމަށްޓަކައި ރާއްޖޭގައި އެއްގަމު ދަތުރުފަތުރާ ގުޅޭ ގާނޫނީ އޮނިގަނޑެއް ކަނޑައެޅުން ކަމަށެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން. އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރަދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކުރުމަށް، ދަތުރުފަތުރުގެ ގައުމީ ސްޓްރެޓެޖީއެއް އެކުލަވާލަން ޖެހޭނެއެވެ. އަދި މި ނިޒާމު ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ، ދަތުރުފަތުރާ ގުޅުންހުރި މިނިސްޓްރީއަކުން ކަމަށާއި އެ މިނިސްޓްރީއަށް ލަފާދިނުމަށް ރޯޑް ސޭފްޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަން ޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރާއްޖޭން ބޭރުގައި އުޅަނދު ދުއްވުމަށް އިންޓަރނޭޝަނަލް ޑްރައިވިން ޕާމިޓެއް ދޫކުރަންވާނެ ކަމަށާއި، ޓްރެފިކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ބައިވެރިވެފައިވާ އެހެން ގައުމެއްގެ ސައްހަ ލައިންސަންސަކާއެކު ރާއްޖޭގައި އިތުރު ލައިސަންސެއް ނުނަގައި އުޅަނދު ދުއްވޭނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. ނަމަވެސް އެއްވެސް ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފު އަމަލެއް ކޮށްފިނަމަ، ލައިސަންސް ހިފެހެއްޓޭނެއެވެ. ދައްކަންޖެހޭ ޖޫރިމަނާ ފައިސާގެ އަދަދު 5،000 ނުވަތަ އެއަށްވުރެ ބޮޑުވެއްޖެނަމަވެސް ލައިސަންސް ހިފެހެއްޓޭނެ ކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.

މި ބިލާއެކު މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ކަންކަން ރާވައި ހިންގުމަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހެއް ވެސް މިހާރު ވަނީ އުފައްދައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260829_113132
މުޖުތަބާ ޚާމަނާއީގެ ޞިއްޙަތަށް އެދި 10،000 ކަންބަޅި ޤުރުބާންކުރުމަށް ފައިސާ ހޯދަން ޝީޢީ ދީނީ ޖަމާޢަތްތަކުން ފަށައިފި
20260829_115818
އައިއެސްއާ ދެކޮޅަށް ސެކިއުލާ ކުރުދީން ބޭނުންކުރުމަށްފަހު އެމެރިކާއިން ވައި.ޕީ.ޖީ އާއި އެސް.ޑީ.އެފް ސޫރިޔާ ސަރުކާރުގެ ދަށަށް ދޫކޮށްލައިފި
20260829_105955
ނޭޕާލާއި ޓިބެޓް ބޯޑަރުގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 623 އަށް އަރައި، 2,400 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައި
470237_3b095101-d_-1024x683
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް!
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް