Saturday, 29 August 2026
Ads by

އެމްއެމްއޭގެ ރޭޓާއި ހިލާފަށް ޑޮލަރު ވިއްކުމާއި އިސްތިހާރުކުރުން ކުށަކަށް ހަދާ އިސްލާހު ފާސްކޮށްފި

އެމްއެމްއޭގެ ރޭޓާއި ހިލާފަށް ޑޮލަރު ވިއްކުމާއި އިސްތިހާރުކުރުން ކުށަކަށް ހަދާ އިސްލާހު ފާސްކޮށްފި

މަރުކަޒީ ބޭންކް އެމްއެމްއޭ ހިންގާ އިމާރާތް--- ފޮޓޯ: އެކި އެމްވީ

މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓާއި ހިލާފަށް ޑޮލަރު ވިއްކުމާއި އިސްތިހާރުކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Ad Image
Ads by

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ. މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ، ކޮމިޓީ މަރުހަލާގައި ބިލަށް ގެނައި މުހިއްމު އިސްލާހުތަކާއެކުގައެވެ. މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑު މުރާޖައާކޮށް، ކެޓަގަރީ-އޭ އެސްޓަބްލިޝްމަންޓުތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކުރުމެވެ.

މި އިސްލާހުގައިވާ ގޮތުން ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގަންވާނީ އެމްއެމްއޭއިން ދޫކޮށްފައިވާ ހާއްސަ ލައިސަންސަކާ އެކުގައެވެ. އަދި ލައިސަންސް ނެތި ގަވާއިދާ ހިލާފަށް ފައިސާ މާރުކުރާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމާ ގުޅޭ މުހިއްމު އިސްލާހުތަކެއް ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ، އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ޑޮލަރު ވިއްކުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް މި އިސްލާހުުގައި ކަނޑައަޅާފައިވެއެވެ. އެގޮތުން ބޭރު ފައިސާ ގަނެ ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އެމްއެމްއޭއިން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތެއްގެ މަތިންނެވެ. އެ ރޭޓާ ހިލާފަށް ބޭރު ފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތްކޮށްފިނަމަ 25،000 ރުފިޔާއާއި 1 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ބޭރު ފައިސާ ގަނެވިއްކުން އިސްތިހާރުކޮށްފިނަމަ، ނުވަތަ އެކަމަށް ހިތްވަރުދީ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެނޫންވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ހާމަކޮށްފިނަމަ 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭޭނެ ކަމަށް އިސްލާހުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމާއި، އިސްތިހާރު ކުރުމުގައި ގާނޫނީ ޝަހުސެއް ޝާމިލުވާނަމަ އެފަރާތެއް 100،000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މުހިއްމު އިސްލާހުތަކާއެކު މި ބިލު ފާސްކޮށްފައިވަނީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް 12 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
470237_3b095101-d_-1024x683
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް!
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް