2026 ވަނަ އަހަރު ފެށުނުފަހުން ޔޫކްރޭނުގެ އަސްކަރިއްޔާއިން ހަނގުރާމައިގެ ކުރިމަގުގައި އެއްގަމު ޑްރޯން (އަންމޭންޑް ގްރައުންޑް ވެހިކަލްސް) ބޭނުންކޮށްގެން 100،000 އަށްވުރެ ގިނަ ލޮޖިސްޓިކްސް އަދި މީހުން ސަލާމަތްކުރުމުގެ މިޝަން ފުރިހަމަކޮށްފައިވާކަމަށް ޔޫކްރޭނުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ. ޔޫކްރޭނުގެ ޑިފެންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ރޮބޮޓިކް ނިޒާމުތައް ބޭނުންކުރަނީ ސިފައިންގެ ފުރާނައަށް ނުރައްކާވާ ސަރަހައްދުތަކަށް ކާބޯތަކެއްޗާއި އުންޑަ ފޯރުކޮށްދިނުމަށާއި، ޒަޚަމްވާ ސިފައިން ސަލާމަތްކުރުމަށެވެ.
ޖަނަވަރީ މަހު 7،511 މިޝަން ހިންގާފައިވާއިރު، ޖުލައި މަހު މި އަދަދު ވަނީ 19،969 އަށް އުފުލިފައެވެ. ހުރިހާ އެއްގަމު ޑްރޯން މިޝަންތަކެއް ދަނީ ޔޫކްރޭނުގެ ’ޑެލްޓާ‘ ޑިޖިޓަލް ބެޓްލްފީލްޑް މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް ރިއަލް-ޓައިމްކޮށް ބަލަހައްޓަމުންނެވެ. 2026 ގައި ޔޫކްރޭނުން ވަނީ 22،000 އަށްވުރެ ގިނަ އެއްގަމު ޑްރޯން ގަތުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.












