Saturday, 29 August 2026
Ads by

ހިޔާވެހި ސްކީމްގެ ދަށުން 244 ފަރާތަކަށް ގެދޮރު ބިނާކުރުމަށް ލޯނު ދޫކޮށްފި

ހިޔާވެހި ސްކީމްގެ ދަށުން 244 ފަރާތަކަށް ގެދޮރު ބިނާކުރުމަށް ލޯނު ދޫކޮށްފި

ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނާޒިމް--- ފޮޓޯ: ޕީއެސްއެމް

ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ތައާރަފްކޮށްފައިވާ ”ހިޔާވެހި ފައިނޭންސިންގ ސްކީމް“ ގެ ދަށުން މިހާތަށް 244 ފަރާތަކަށް ލޯނު ދޫކޮށްފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ދެއްވި އިންޓަރވިއުއެއްގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މި ސްކީމްގެ ފުރަތަމަ ބުރުގެ ދަށުން 891 ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ލޯނު ދޫކުރެވުނު މީހުންގެ އަދަދު 244 އަރާފައިވާއިރު، ޝަރުތު ހަމަވާ 629 މީހަކަށް ލޯނު ހަމަޖެއްސުމާ ގުޅޭ އެންމެފަހުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާތަނަށް ފައިސާ ދޫނުކުރެވިވާ ފަރާތްތަކަށް ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ފައިސާ ދޫކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

”ޕްރޮގްރާމަށް ހޮވި، ފައިސާ މިހާތަނަށް ދޫނުކޮށް މިވާ 629 މީހުންނަށް ވެސް ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ފައިސާ ދޫކުރުމަށް މިދަނީ މަސައްކަތް ކުރަމުން. އަމާޒަކީ، އަހަރު ނިމުމުގެ ކުރިން މުޅި ސްކީމަށް ހޮވުނު 891 މީހުންނަށް ފައިސާ ދޫކޮށް އެއްކޮށް ނިންމާލުން،“ – ނާޒިމް ވިދާޅުވިއެވެ.

ލޯނު ދޫކުރުމުގެ މަސައްކަތްތައް ލަސްވި މައިގަނޑު ސަބަބެއް ކަމަށް ނާޒިމް ވިދާޅުވެފައިވަނީ، ކަނޑައެޅިފައިވާ އުސޫލުތައް ފުރިހަމަކުރުމަށް ދިގު މުއްދަތެއް ހޭދަވުމުން ކަމަށެވެ. އެގޮތުން، ގޭގެ ޕްލޭން ކުރަހާއިރު ކޮމާޝަލް މަސައްކަތަށް ހާއްސަކުރެވެނީ ގޭގެ އިންސައްތަ ކަމަށް އުސޫލުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ބައެއް ފަރާތްތަކުން އެއަށްވުރެ ބޮޑުކޮށް ހުށަހެޅުމާއި، ގޭގެ ބީއޯކިއު އަގު ލޯނުގެ މިންވަރަށްވުރެ ބޮޑުވުން ފަދަ މައްސަލަތައް ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. މިކަންކަން އިސްލާހުކުރުމަށްޓަކައި އެޕްލިކަންޓުންނާއި، ބޭންކުތަކުގެ އިތުރުން ހައުސިންގ މިނިސްޓްރީއާ ދެމެދު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މި ސްކީމްގެ ދަށުން އަހަރެއްގެ މައްޗަށް ޖުމްލަ ދެ ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އެއް ބިލިއަން ރުފިޔާއަކީ ސަރުކާރުގެ ބަޖެޓުން ދޫކުރާ ފައިސާ ކަމަށްވާއިރު އަނެއް އެއް ބިލިއަން ރުފިޔާއަކީ ބޭންކުތައް މެދުވެރިކޮށް ދޫކުރާ ފައިސާކަން ފާހަގަކޮށްލަންޖެހެއެވެ. މިއީ އިސްލާމީ އުސޫލުން ފަސް އިންސައްތަ ފައިދާގައި، އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބޭ ގޮތަށް ކުރިއަށްގެންދާ ފައިނޭންސިންގ ސްކީމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
470237_3b095101-d_-1024x683
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް!
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް