Saturday, 24 October 2026
Ads by

ޝަރުއީ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ޢަލީ ޝަފީޤް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ޝަރުއީ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ޢަލީ ޝަފީޤް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ޢަލީ ޝަފީޤް---

ޝަރުއީ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ބޭފުޅަކު ކަމުގައިވާ، އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

Ad Image
Ads by

ޢަލީ ޝަފީޤް އަވަހާރަވުމުގެ ހިތާމާގައި މީސް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ޝަރުއީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވައިފައިވާ، ބޭފުޅަކު ކަމުގައިވާ، މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމުގެ ހިތާމައިގައި، އެ އާއިލާއަށާއި ޝަރުއީ އަދި ގާނޫނީ ދާއިރާގައި ހިދުމަތްކުރައްވާ ހުރިހާ ފަރާތްތަކަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

ޝަރުއީ ދާއިރާގައި ހިދުމަތްކުރެއްވުމުގެ އިތުރުން ޢަލީ ޝަފީޤަކީ، ދ. މީދޫގައި އަދި ހުޅުމާލޭގައި ކީރިތި ގުރުއާން އުނގަންނައި ދެއްވުމުގެ މަސައްކަތް، ދިގު މުއްދަތެއްގައި ކުރެއްވި، ދީނަށް ލޯބިކުރައްވާ، ހުލްގު ހެޔޮ، މުޖްތަމައުގެ އިހްތިރާމް ލިބިވަޑައިގެން ހުންނެވި ގާރީއެއް އަދި އެދުރެއް ކަމަށް ވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ހަމައެހެންމެ، ރައީސް މުޢިއްޒު ވަނީ މާތްﷲ ގެ ތަނަވަސް ރަހުމަތްފުޅާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް ޢަލީ ޝަފީޤް ލެހެއްޓެވުމަށް އެދިވަޑައިގެން ދުއާދަންނަވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި