Saturday, 24 October 2026
Ads by

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު ވަގުފު އިމާރާތް، ދާރުއްސަލާމްގެ އަމަލީ މަސައްކަތް ފަށައިފި

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު ވަގުފު އިމާރާތް، ދާރުއްސަލާމްގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގައި އިމާރާތްކުރާ ދާރުއްސަލާމްގެ އަމަލީ މަސައްކަތް ފެށުން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު ވަގުފު އިމާރާތް ކަމުގައިވާ ”ދާރުއްސަލާމް“ ގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

Ad Image
Ads by

ރާއްޖޭގައި އިސްލާމީ ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަމުންނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއަކީ ވަގުފު ފަންޑު އިތުރަށް ތަރައްގީކޮށް، އިސްލާމީ ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ މަންފާ ހޯދުމުގެ މަގުސަދުގައި ބިނާކުރާ ”ދާރުއްސަލާމް“ މަޝްރޫއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މި މަޝްރޫއަކީ 244 މިލިއަން ރުފިޔާ ހަރަދުކޮށްގެން 24 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ. މި އިމާރާތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ އަމީން އެވެނިއު ޓަވަރުތަކާ ކުރިމަތީގައި އޮންނަ ބިމުގައެވެ. ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު 12 ފަންގިފިލާއަށް ބިނާކުރާ މި އިމާރާތުގައި ޕާކިންގގެ ހާއްސަ ސަރަހައްދަކާއި، ގްރައުންޑް ފްލޯގައި ފުރިހަމަ ރިސެޕްޝަނެއްގެ އިތުރުން ޕާކުކުރުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ.

މީގެއިތުރުން، މި އިމާރާތުގައި ޒަމާނީ ކޮންފަރެންސް ހޯލަކާއި، އޮފީސް ޖާގަތަކާއި، ބައްދަލުވުންތައް ބާއްވާ ކޮޓަރިތަކުގެ އިތުރުން ނަމާދުކުރާނެ ހާއްސަ ތަނެއް ހިމެނެއެވެ. އަދި ކުޑަކުދިން ބަލަހައްޓާ ޑޭ-ކެއަރ ސެންޓަރެއްވެސް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، ލިފްޓުގެ ހިދުމަތާއެކު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެ އެންމެހައި އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މި އިމާރާތުގެ އެންމެ މަތީ ފަންގިފިލާ ފަރުމާކުރެވިފައިވަނީ ހާމަ ޓެރަހެއްގެ ގޮތުގައެވެ.

މަޝްރޫއުގެ މަސައްކަތް ނިމުމަށްފަހު، ކުރިއަށްއޮތް 5 އަހަރު ދުވަހުގެ މުއްދަތަށް އިމާރާތް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އާރްސީސީގެ ފަރާތުންނެވެ. ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސިންގ މެދުވެރިކޮށް ކުރިއަށްގެންދާ މި މަޝްރޫއު ފުރިހަމަވުމާއެކު، އިސްލާމީ ދާއިރާއަށް މާލީގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އެގޮތުން، މި އިމާރާތުން އަހަރަކު ގާތްގަނޑަކަށް 60 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރެވޭއިރު، އާމްދަނީގެ 20 އިންސައްތަ މޯލްޑިވްސް ޒަކާތު ހައުސްއަށް އަދި ބާކީ 80 އިންސައްތަ ހާއްސަކުރެވިގެންދާނީ އިސްލާމިކް ވަގުފު ފަންޑަށެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ތާރީހި އިސްނެންގެވުމަކީ، ވަގުފުގެ ނިޒާމު މިހާރަށްވުރެ އިތުރަށް ހަރުދަނާކޮށް، މިސްކިތްތައް ބިނާކުރުމާއި ބެލެހެއްޓުން ހިމެނޭހެން އިސްލާމީ އެކި ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދައިދިނުމަށް އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި