Saturday, 29 August 2026
Ads by

އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ އިތުރު 91 ދަރިވަރަކަށް

އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ އިތުރު 91 ދަރިވަރަކަށް

ޒުވާން ހަތީބުންނާއެކު މިނިސްޓަރު ޝަހީމް ބައްދަލުކުރައްވަނީ--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ފަސް ވަނަ ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސަނަދު ހަވާލުކޮށްފިއެވެ.

Ad Image
Ads by

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނީ އެހެން ތަމްރީނުތައް ދޭ ޕްރޮގްރާމެކެވެ. މިއީ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި ސްކޫލު ނިންމާފައިވާ ޒުވާނުންނަށް ހާއްސަކޮށްގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ފަސް ވަނަ ބުރު 91 ދަރިވަރަކު ފުރިހަމަކޮށްފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ސަނަދު ހޯދާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީގެ ކުރިން ވަނީ ހާމަކުރައްވައިފައެވެ. މީގެ އިތުރުން އަލަށް ތަމްރީނުކުރެވުނު ދިވެހި ހާފިޒުންގެ އަދަދު މިހާރު 300 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެ ވުޒާރާގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ޖުމުލަ 1،000 ޒުވާން ހަތީބުން ތަމްރީނުކުރުމެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ ގުރްއާން ހިތު ދަސްކުރާ ޕްރޮގްރާމްތައް މިހާރަށްވުރެ ގިނައިން ބޭއްވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގުރްއާން ހިފްޒު ކްލާސްތައް އިތުރުކޮށްފައިވާއިރު، 2،000 އަށްވުރެ ގިނަ ދަރިވަރުން މިވަގުތު ވެސް ހިފްޒު ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެ ވުޒާރާގެ އަމާޒަކީ 500 ހާފިޒުން އުފެއްދުމެވެ.

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ހަތީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާނުންނަށް މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމުގެ ބޭނުމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދީގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ހުތުބާ ކިޔުމުގެ އިތުރުން މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި ދާއިމީކޮށް މަސައްކަތް ކުރަން ބޭނުންވާ ޒުވާނުންނަށް އެ މަގު ފަހިކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

މީގެ އިތުރުން ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، މިސްކިތްތަކުގެ މިންބަރުތަކުން ޒުވާނުންގެ އަޑު އިއްވުމަކީ ވެސް މި ޕްރޮގްރާމު ކުރިއަށްގެންދިއުމުގެ އެންމެ މުހިއްމު އެއް މަގުސަދެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އިސްލާމީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ޒުވާނުންނަށް އަރަބި އިސްލާމީ ޔުނިވަރސިޓީތަކުން އެ ފުރުސަތު ހޯދައިދިނުމަށެވެ. އެގޮތުން މިފަހުން އެ ވުޒާރާއިން ވަނީ އިސްލާމީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހާއްސަ ސްކޮަލަރޝިޕް ސްކީމެއް ތައާރަފްކުރުމާ ގުޅޭގޮތުން ޒުވާން ހަތީބުންނާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް