Saturday, 29 August 2026
Ads by

މުމްބާއީގައި ހިންދޫއިން އަޅުކަންކުރަން ހެދި 22 ފޫޓުގެ ގަނޭޝް ބުދު ވެއްޓި 2 މީހުން މަރުވެ، 5 މީހުން ޒަޚަމްވެއްޖެ

މުމްބާއީގައި ހިންދޫއިން އަޅުކަންކުރަން ހެދި 22 ފޫޓުގެ ގަނޭޝް ބުދު ވެއްޓި 2 މީހުން މަރުވެ، 5 މީހުން ޒަޚަމްވެއްޖެ

ގަނޭޝާ ކަލާންގެ ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއިން ނަގާފައިވާ ސްކްރީންޝޮޓުތަކެއްގެ ފޮޓޯ ކޮލާޖު (ސޯޝަލް މީޑިއާ)

އިންޑިއާގެ މުމްބާއީގައި ބާއްވަން ތައްޔާރުވަމުންދާ ’ގަނޭޝާ‘ އުފާފާޅުކުރުމުގެ ތެރެއިން، 22 ފޫޓުގެ ބޮޑު ބުދެއް ގެންދަނިކޮށް ވެއްޓި، 2 މީހުން މަރުވެ 5 މީހަކު ޒަޚަމްވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ދެކުނު މުމްބާއީގެ ބޫލޭޝްވަރު ސަރަހައްދުގައި ’ބޫލޭޝްވަރަޗާ ރާޖާ‘ ގެ ނަމުން ނަންދެވިފައިވާ އެ ބޮޑު ބުދު، އުފާފާޅުކުރުމާއެކު މަގުމަތިން ގެންދިޔަ ވަގުތުއެވެ.

Ad Image
Ads by

މި ހާދިސާގައި މަރުވެފައިވަނީ މި ބުދު ގެންދިޔަ ކޮމިޓީގެ ރައީސް ސަންކެތު ނެވްޝޭ (33 އހ) އާއި ބްރިޖޭޝް ޖޯޝީ (30 އހ) އެވެ. ޒަޚަމްވި 5 މީހުންގެ ތެރޭގައި 5 އަހަރާއި 7 އަހަރުގެ ދެ ކުޑަކުދިންވެސް ހިމެނެއެވެ. ގާތްގަނޑަކަށް 3،000 ކިލޯގްރާމް ބަރުދަން ހުރި މި ބުދު ވެއްޓެން މެދުވެރިވީ، އެ ބުދު ހިފަހައްޓަން ޖަހާފައިވާ ދަގަނޑު ފްރޭމްގެ ވެލްޑިންގް ނެއްޓި، ބުދުގެ ބެލެންސް ގެއްލުމުގެ ސަބަބުންނެވެ.

މީފުލުހުންނާއި އިމަރޖެންސީ ޓީމުތަކުން ވަނީ ހާދިސާ ހިނގި ސަރަހައްދަށް ގޮސް ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ބުދުގެ ރައްކާތެރިކަން ކަށަވަރުނުކޮށް ގެންދިޔަ މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
470237_3b095101-d_-1024x683
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް!
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް