Saturday, 29 August 2026
Ads by

އެމް.އެމް.އޭގެ 2030ގެ ތަސައްވުރު: އަމާޒަކީ ދިވެހި ރުފިޔާ ވަރުގަދަކޮށް، ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުން

އެމް.އެމް.އޭގެ 2030ގެ ތަސައްވުރު: އަމާޒަކީ ދިވެހި ރުފިޔާ ވަރުގަދަކޮށް، ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން 2030 ވަނަ އަހަރާ ހަމައަށް ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، އިގްތިސާދުގައި އެމެރިކާ ޑޮލަރު ބޭނުންކުރާ މިންވަރު މަދުކުރުމަށް ދުރުރާސްތާގެ ތަސައްވުރެއް އެކުލަވާލައިފިއެވެ.

Ad Image
Ads by

އެމް.އެމް.އޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވި ގޮތުގައި، މަރުކަޒީ ބޭންކުގެ އަމާޒަކީ ރާއްޖޭގައި ވިއްކާ ހުރިހާ މުދަލަކާއި ދޭ ހިދުމަތްތަކުގެ އަގު ދިވެހި ރުފިޔާއިން ކަނޑައެޅުމެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތް ދިހަވަރަކަށް އަހަރު ވަންދެން މައިގަނޑު ގޮތެއްގައި ޑޮލަރަށް ބަރޯސާވެފައި އޮތުމުން، މި ބަދަލު ގެންނަންވާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ އަގުތައް މުޅިން ރުފިޔާއަށް ބަދަލުކުރުމުގެ ކުރިން ސިޔާސަތުތަކަށާއި ހިންގުމުގެ ނިޒާމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހެއެވެ. މީގެ ތެރޭގައި މިހާރު ދައުލަތަށް ޑޮލަރުން ދައްކަމުންދާ ޓެކްސްތަކާއި ފީތައް މުރާޖައާކޮށް، އެ ފައިސާވެސް ރުފިޔާއިން ބަލައިގަންނަ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން، ބައެއް ވަޒީފާތަކުގެ މުސާރަ ބޭރު ފައިސާއިން ދެވޭ ގޮތަށް މިހާރު އޮތް އުސޫލުތައްވެސް މި ބަދަލާ އެކު މުރާޖައާ ކުރަންޖެހިދާނެއެވެ.

ރާއްޖޭގެ އިގްތިސާދީ މުއާމަލާތްތަކުގެ 40 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރު ހިއްސާކުރަނީ ބޭރު ފައިސާއިންކަން ފާހަގަކުރައްވަމުން، ރާއްޖޭގައި ޑޮލަރަށް އޮތް ބަރޯސާ ބޮޑުކަން ގަވަރުނަރު ހާމަކުރެއްވިއެވެ.

”ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރު ނުކުރެވޭ ނަމަ، މަނިޓަރީ ޕޮލިސީ (ފައިސާއާ ބެހޭ ސިޔާސަތު) އެންމެ އެދެވޭ ގޮތެއްގައި ތަންފީޒެއް ނުކުރެވޭނެ. މި ހުރިހާ ބަދަލެއް އެއްފަހަރާ ނުގެނެވޭނޭތީ، އެމް.އެމް.އޭގެ ތަސައްވުރަކީ 2030 އާ ހަމައަށް މި ބަދަލުތައް ގެނައުން،“ އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދިވެހި ރުފިޔާ ވަރުގަދަކުރުމަށްޓަކައި ދައުލަތުގެ މާލީ ހާލަތާއި ބަޖެޓުގެ ހަމަޖެހުން ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ގަވަރުނަރު ބަޔާންކުރެއްވިއެވެ.

ބޭރު ފައިސާގެ މާރުކޭޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމަކީ ”މެނޭޖްޑް-ފްލޯޓް“ ނިޒާމެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މި ނިޒާމުގެ ދަށުން ޑޮލަރުގެ އަގު ކަނޑައެޅުމުގައި މާރުކޭޓުގެ ހާލަތަށް ބޮޑު ދައުރެއް ދެވޭނެއެވެ. ނަމަވެސް، އަގަށް އަންނަ އާދަޔާ ހިލާފު ބަދަލުތައް ކޮންޓްރޯލް ކުރުމަށް މަރުކަޒީ ބޭންކުން މުއާމަލާތްތަކުގެ ތެރެއަށް ވަންނާނެއެވެ.
އެހެންނަމަވެސް، މިފަދަ ނިޒާމަކަށް ބަދަލުވުމުގެ ކުރިން އެމް.އެމް.އޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”މެނޭޖްޑް ފްލޯޓް ނިޒާމެއްގައި ވެސް، އެމް.އެމް.އޭގައި އެކަށީގެންވާ ރިޒާވެއް ހުންނަންވާނެ. ސިންގަޕޫރު ނުވަތަ އެހެން ކުރިއަރާފައިވާ ގައުމުތަކަށް ބެލިޔަސް، މަރުކަޒީ ބޭންކަކަށް ފައިސާގެ އަގު ހިފެހެއްޓޭނީ އެކަށީގެންވާ ރިޒާވެއް ހުރެގެން،“ ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ރިޒާވްގެ ހާލަތު ހުރި ގޮތުން، މެނޭޖްޑް-ފްލޯޓް ނިޒާމެއްގެ ދަށުން ފައިސާގެ އަގު ހިފެހެއްޓުމުގެ ގާބިލުކަން އަދި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. ގަވަރުނަރު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް (އިމްޕޯޓް) މަދުވެގެން ތިން މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތަކަށް ބޭނުންވާ ވަރަށް ރިޒާވްގައި ފައިސާ ހުންނަން ޖެހެއެވެ. އަދި ރިޒާވް އެ މިންވަރަށް މަތިކުރުމަށް ދެ އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

އެހެންކަމުން، އެމް.އެމް.އޭގެ 2030ގެ ތަސައްވުރަކީ ދިވެހި ރުފިޔާއަށް އޮތް ޑިމާންޑް އިތުރުކޮށް، މަނިޓަރީ ޕޮލިސީގެ ނަތީޖާ ރަނގަޅުކޮށް، ޒަމާނުއްސުރެ ޑޮލަރަށް އޮތް ބަރޯސާ ކުޑަކުރުމަށްޓަކައި ފިޔަވަހިތަކަކަށް ބަހާލައިގެން ގެނެވޭ ބަދަލެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް