Wednesday, 9 September 2026
Ads by

އައްޑޫ ސިޓީ ފޭދޫ ސްކޫލް ކެޑޭޓް ކޭމްޕްގައި ބައިވެރިވި 31 ކުއްޖަކު ކާނާ ވިހަވެ ހޮސްޕިޓަލުގައި ފަރުވާދެނީ

އައްޑޫ ސިޓީ ފޭދޫ ސްކޫލް ކެޑޭޓް ކޭމްޕްގައި ބައިވެރިވި 31 ކުއްޖަކު ކާނާ ވިހަވެ ހޮސްޕިޓަލުގައި ފަރުވާދެނީ

އައްޑޫ އެކުއަތޯރިއަލް ހޮސްޕިޓަލް--- ފޮޓޯ: މިހާރު

އައްޑޫ ސިޓީ ފޭދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ ބޭސިކް ކެޑޭޓް ކޭމްޕެއްގައި ބައިވެރިވި 31 ދަރިވަރަކު ކާނާ ވިހަވެ, ބައެއް ކުދިންގެ ހާލު ދެރަވުމާ ގުޅިގެން އެ ސިޓީގެ ހޮސްޕިޓަލުތަކުގައި ފަރުވާދޭން ފަށައިފިއެވެ.

Ad Image
Ads by

އެގޮތުން ބަނޑުގައި ރިއްސުމާއި، ބޭރަށް ހިންގުމާއި، ހޮޑުލެވުން ފަދަ އަލާމާތްތައް ފެނިގެން، ފޭދޫ ސިއްހީ މަރުކަޒުގައި 12 ދަރިވަރުން މަރަދޫ ސިއްހީ މަރުކަޒުގައި 12 ދަރިވަރުންގެ އިތުރުން އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައި 7 ދަރިވަރަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެޑްމިޓްކޮށްގެން ފަރުވާދެމުން އައި ނަމަވެސް އެ ކުދިން ކާނާ ވިހަވީ ކޮންކަހަލަ ކާނާއަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. އަދި ކޭމްޕަށް ކެއުން ފޯރުކޮށްދިން އެއްވެސް ފަރާތެއްގެ މައުލޫމާތެއް ވެސް މިހާތަނަށް ސާފެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ, އައްޑޫ ސިޓީ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުން ކާނާ ވިހަވެ ބައެއް ކުދިން ހާލުދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެ ކޮމިޝަނުން މައްސަލަ މޮނިޓަރކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މި މައްސަލަ ހިނގާދިޔަ ގޮތް ހައްސާސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، މި ބާވަތުގެ ކަންކަން ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ބައްޓަންކޮށް ބަލަހައްޓަމުން ގެންދިއުމަށް އެ ކޮމިޝަނުން ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލައިފައެވެ.

މި ހަފުތާ އާދިއްތަ އަދި ހޯމަ ދުވަހަކީ ގިނަ ސްކޫތަކެއްގައި ސްކައުޓާއި، ގާލްގައިޑް އަދި ކެޑޭޓް ކުދިންނަށް ހާއްސަކޮށްގެން ކޭމްޕްތައް ކުރިއަށްގެންދާ ދުވަސްތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި