Wednesday, 9 September 2026
Ads by

އަހަރުގެ މިހާތަނަށް 2,000 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

އަހަރުގެ މިހާތަނަށް 2,000 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

ޝަހީދު ޙުސައިން އާދަމް ބިލްޑިންގ--- ފޮޓޯ: އެކި އެމްވީ

މިއަހަރުގެ މިހާތަނަށް ވައްކަމާ ގުޅުންހުރި 2،000 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

Ad Image
Ads by

ފުލުހުން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، އަހަރުގެ މިހާތަނަށް ޖުމުލަ 8،131 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 2،226 މައްސަލައަކީ ވައްކަމުގެ މައްސަލަތައް ކަމަށްވާއިރު، މިއީ ހުށަހެޅިފައިވާ މައްސަލަތަކުގެ 27.4 އިންސައްތަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިދިޔަ 2025 ވަނަ އަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވަނީ ވައްކަމާ ގުޅުންހުރި 2،193 މައްސަލައެވެ.

ވައްކަމާ ގުޅުންހުރި މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައިވަނީ މިއަހަރުގެ މެއި މަހުއެވެ. އެގޮތުން މެއި މަހުގެ ތެރޭގައި އެކަނިވެސް ވައްކަމާ ގުޅުންހުރި 339 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ވައްކަމާ ގުޅުންހުރި މައްސަލަތަކަށްފަހު ދެން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައިވަނީ މަގުމަތީގެ އެކްސިޑެންޓްތަކާއި މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން މަގުމަތީގެ އެކްސިޑެންޓާ ގުޅުންހުރި 1,962 މައްސަލައެއް އަދި މަސްތުވާތަކެއްޗާ ގުޅުންހުރި 1,752 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ވެސް ފުލުހުންނަށް އެކި ކަންކަމާ ގުޅުންހުރި މައްސަލަތައް ހުށަހަޅާފައިވެއެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ އިތުރު މައްސަލަތަކަކީ:

  • ތަކެތި ގެއްލިގެން ހުށަހެޅި 661 މައްސަލަ
  • އަނިޔާކުރުމާއި މާރާމާރީއާ ގުޅުންހުރި 424 މައްސަލަ
  • ތަންތަނަށާއި މުދަލަށް ގެއްލުންދިނުމުގެ 415 މައްސަލަ
  • ގެވެށި އަނިޔާގެ 212 މައްސަލަ
  • ހިޔާނާތުގެ 171 މައްސަލަ
  • ޖިންސީ ކުށުގެ 169 މައްސަލަ
  • ފޭރުމުގެ 101 މައްސަލަ
  • ފޯޖަރީ ނުވަތަ ކައުންޓަރފީޓްގެ 37 މައްސަލަ

ފުލުހުން އަންނަނީ ކުށް މަދުކުރެވިފައިވާ މާހައުލެއް އާންމުންނަށް ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި، މާލެއާއި އަތޮޅުތެރޭގައި ތަފާތު އޮޕަރޭޝަންތައް ހިންގަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި