Sunday, 25 October 2026
Ads by

ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި

ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް، ސިޔާސީ މައިދާނުގައި ފަހަތަށް ފިޔަވަޅެއް އެޅުއްވުމަށް ވިސްނަވަމުން ގެންދަވާކަން ހާމަކުރައްވައިފިއެވެ.

Ad Image
Ads by

ހުސައިން މިކަން ހާމަކުރައްވާފައިވަނީ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ ސިޔާސީ މަސްރަޙުގެ އޮއިވަރު ވަރަށް ގިނަ ގޮތްގޮތަށް ބަދަލުވަމުންދާ ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި ކުރިއަށް ދިއުމަށްވުރެ، ފަހަތަށް ފިޔަވަޅެއް އެޅުން ބުއްދިވެރިކަމަށް ފެންނަ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފަކީ ވެރިކަންކުރާ ޕާޓީގެ މެންބަރަކަށް ވީނަމަވެސް، ސަރުކާރުގެ ގިނަ ސިޔާސަތުތަކާއި ނިންމުންތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ޚިޔާލުފާޅުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ސަރުކާރުގެ ރަސްމީ ސްޓޭންޑާ ޚިލާފަށް އޭނާ ފާޅުކުރައްވާ މިފަދަ ޚިޔާލުތަކުގެ ސަބަބުން ޕީއެންސީ ތެރޭގައި އޮންނަނީ އޭނާއަށް އިތުބާރު ގެއްލިފައެވެ.

މެންބަރު ހުސެން ޝަރީފް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓް

ސަރުކާރަށް ފާޑުވިދާޅުވަމުން، ހުސައިން ވިދާޅުވަނީ އޭނާގެ މައިގަނޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުން ކަމަށެވެ.

މަޖިލިސް މެންބަރު ހުސައިން ޝަރީފް ސިޔާސީ ގޮތުން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމެވި ނިންމެވުމުގެ ތަފްސީލެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މި ޕޯސްޓާއެކު ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ އެކި ގޮތްގޮތަށް ވާހަކަ ދެކެވެން ފަށާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި