Saturday, 24 October 2026
Ads by

އެމްޑަބްލިޔުއެސްސީން އަގުބޮޑުކޮށް ލޭންޑިންގ ކްރާފްޓެއް ގަތް ކަމަށް ބުނާ ވާހަކަތައް ފަހުމީ ދޮގުކުރައްވައިފި

އެމްޑަބްލިޔުއެސްސީން އަގުބޮޑުކޮށް ލޭންޑިންގ ކްރާފްޓެއް ގަތް ކަމަށް ބުނާ ވާހަކަތައް ފަހުމީ ދޮގުކުރައްވައިފި

އެމްޑަބްލިޔުއެސްސީ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ---

މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން 17 މިލިއަން ރުފިޔާއަށް ލޭންޑިންގ ކްރާފްޓެއް ގަތް ކަމަށް ބުނެ މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ފަހުމީ މި މޭރުމުން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙުގެ އަތުން 900،000 ރުފިޔާގެ ބާ ލޭންޑިންގ ކްރާފްޓެއް 17 މިލިއަން ރުފިޔާއަށް އެމްޑަބްލިޔުއެސްސީން ގަނެފައިވާ ކަމަށް ބުނެ މީސް މީޑިއާގައި މިހާރު ފަތުރަމުން އަންނަ ވާހަކަތަކާ ގުޅިގެންނެވެ.

އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި, އެ އުޅަނދު މަރާމާތުކުރުމަށް އެކަނިވެސް 1.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ފަލާޙުގެ އަތުން ދެވަނަ އުޅަނދެއް ގަތުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. މިކަމާ ގުޅިގެން ފަހުމީ ވިދާޅުވީ، 2023 ވަނަ އަހަރުން ފެށިގެން އެފަދަ އެއްވެސް މުއާމަލާތެއް އެ ކުންފުނިން މިހާތަނަށް ކޮށްފައިނުވާނެ ކަމަށެވެ. އަދި އެފަދަ މުއާމަލާތަކަށް ކުންފުނީގެ ބޯޑުންވެސް ހުއްދަ ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އުޅަނދު ގަތުމުގެ ހުއްދަ ދިނުމަށް ދެކޮޅު ހެއްދެވުމުގެ ސަބަބުން އެމްޑަބްލިޔުއެސްސީގެ ބޯޑު މެންބަރުކަމުގެ މަގާމުން ޢުމަރު ޙުސައިން އިސްތިއުފާ ދެއްވި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ފަހުމީ ވިދާޅުވީ، ޢުމަރު އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށެވެ. އަދި އެކަށީގެންވާ ހެއްކެއް ނެތި މިފަދަ ވާހަކަތައް ފަތުރައިގެން ނުވާނެ ކަމަށާއި އެމްޑަބްލިޔުއެސްސީން އަބަދުވެސް މަސައްކަތް ކުރާނީ ދެފުށް ފެންނަ ގޮތެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީސް މީޑިއާގައި މިފަދަ ވާހަކަތަކެއް ދެކެވެމުންދާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ މިކަމާ ގުޅުންހުރި އެއްވެސް ހެއްކެއް ދެއްކިފައިނުވާ ކަމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި