Saturday, 24 October 2026
Ads by

”ދައުލަތުގެ ބޭނުމަކަށް ބިމެއް ނެގުމަކީ އަބަދުވެސް އޮންނަ އުސޫލެއް، މިއުޅެނީ ރައްޔިތުންގެ ގޯތިގެދޮރު އަތުލާކަށް ނޫން“

”ދައުލަތުގެ ބޭނުމަކަށް ބިމެއް ނެގުމަކީ އަބަދުވެސް އޮންނަ އުސޫލެއް، މިއުޅެނީ ރައްޔިތުންގެ ގޯތިގެދޮރު އަތުލާކަށް ނޫން“

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ ކައުންސިލްތަކުގެ ބާރު ކަނޑާލުމަށް ގެންނަ އިސްލާހެއް ބުނެ އިދިކޮޅު އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ޕެޓިޝަނަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ، މި އިސްލާހަކީ ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދަން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް އަދި އެ އިސްލާހު އޮތްގޮތަށް ފާސްކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ޕެޓިޝަންތަކުން މަޖިލީހުން ރައްޔިތުންނަށް ފަހިކޮށްދީފައިވާ ފުރުސަތުގެ ބޭނުން ރައްޔިތުން ހިފަމުންދާކަން ހާމަވަމުންދާކަން ފަލާހު ފާހަގަކުރެއްވިއެވެ. އަދި މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިޔާލުފާޅުކުރުމުގެ ފުރުސަތު ފުޅާވެފައިވާ މިންވަރު ހާމަވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ފަލާހު ވިދާޅުވީ އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަމުންދަނީ މި އިސްލާހުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ. އަދި ދައުލަތުގެ ބޭނުމަކަށް ބިމެއް ނެގުމަކީ އަބަދުވެސް އޮންނަ އުސޫލެއް ކަމަށާއި، ނަމަވެސް އޭގެ މާނައަކީ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިގެދޮރު ސަރުކާރުން އަތުލައިގަތުން ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

”މި އިސްލާހުގައި މި ބުނަނީ ރަށެއްގެ ތަރައްގީއަށް ސަރުކާރުން ހިންގަން އުޅޭ މަޝްރޫއަކަށް ކައުންސިލަކުން ހުރަސްއަޅައި، އެ މަޝްރޫއު ހިންގާނެ ބިން ނުދީ ހިފަހައްޓައިފިނަމަ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެ ތަރައްގީގެ މަޝްރޫއު ހިންގުމަށްޓަކައި އެ ބިމެއް ބޭނުންކުރެވިދާނެ ވާހަކަ. މިއީ ވަރަށް ސާފުކޮށް، ތެދު ނިޔަތުގައި ބުނެފައި އޮތް ވާހަކައެއް،“ – ފަލާހު ވިދާޅުވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް މަތިކޮށްފައިވާ އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ އިތުރުން އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަނުދެއްކުމަށް އޭނާ ވަނީ އިދިކޮޅު ފަރާތްތަކުގެ ކިބައިން އެދިލައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި