Saturday, 17 October 2026
Ads by

ޑޮލަރު މައްސަލަ: އެމްޑީޕީން 4 ފަހަރަށް ފައިސާ ޗާޕުކުރި ހަނދާން ނައްތާލައި ފައިސަލް ސަރުކާރަށް ފާޑުވިދާޅުވެއްޖެ

ޑޮލަރު މައްސަލަ: އެމްޑީޕީން 4 ފަހަރަށް ފައިސާ ޗާޕުކުރި ހަނދާން ނައްތާލައި ފައިސަލް ސަރުކާރަށް ފާޑުވިދާޅުވެއްޖެ

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އަތްނުފޯރާ ހިސާބަށް އުފުލި، އާންމުންނަށް ޑޮލަރު ހޯދުން އިންތިހާއަށް ދަތިވެގެން ގޮސްފައިވަނީ ސަރުކާރުން ކޮށްގެން ނުވާނެ އެތައް ބޭކާރު ޚަރަދުތަކެއް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ފައިސަލް ނަސީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުވެ، ރިސޯޓުތަކަށް ލިބޭ އާމްދަނީން ގާނޫނުގައި ބުނާ ވަކި އަދަދެއް މާރުކުރުވައިގެން ވެސް ސަރުކާރަށް ފައިސާ ހޯދަމުން އަންނަ މި ދަނޑިވަޅުގައި ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލިގެން ދަނީ މި ވަގުތު ކުރަން ނުޖެހޭ ބޭކާރު ޚަރަދުތައް ސަރުކާރުން ކުރާތީ ކަމަށެވެ.

އެގޮތުން ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިޔުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި ބޮޑު އަގުގައި އަސްކަރީ ޑްރޯންތަކެއް ގަތުމަށް އެތައް މިލިއަން ޑޮލަރެއް ހޭދަކުރުން ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި މިވަގުތަށާއި ކުރިއަށް އޮތް ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ވެސް ބޭނުން ނުވާނެ މިންވަރަށް ބިން ހިއްކުމުގެ އަގުބޮޑު މަޝްރޫއެއް ފަށައިގެން، ބޭރު ފައިސާ ބޭކާރު ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއަށް އިޝާރާތް ކުރައްވަމުން ފައިސަލް ވިދާޅުވީ، ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސްގެން ބޮޑު ފަޅެއް ނުއަގުގައި ހިއްކަމުންދާއިރު، މަސައްކަތް ކުރިޔަސް ނުކުރިޔަސް އެ ޑްރެޖަރުގެ ކުއްޔަށް ދުވާލަކު އެތައް ލައްކަ ޑޮލަރެއް ސަރުކާރުން ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ޑްރެޖަރުން އަޅާ ކޮންމެ ކޮޑިމީޓަރެއްގެ ވެއްޔަށް އެތައް ޑޮލަރެއް ޚަރަދުވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، މިއަދުގެ ހާލަތަށް ބަލާއިރު މި ފައިސާއަކީ ކުރީ ސަރުކާރުން ހިއްކާފައި ހުރި ބިންތައް ތަރައްގީ ކުރުމަށް ކުރަންޖެހޭ ހޭދައެއް ކަމަށެވެ. މީގެއިތުރުން، އަމިއްލަ ފައިދާއަށް ކަންކަން ނުކޮށް، ސިޔާސަތުތައް ބަދަލުކޮށް ޚަރަދު ކުޑަކުރުމަށް ވެސް ފައިސަލް ވަނީ ގޮވާލައްވާފައެވެ.

ނަމަވެސް، ފައިސަލް ނަސީމްގެ މި ވާހަކަތަކަށް ބަލާއިރު، މިއީ އެމްޑީޕީގެ 5 އަހަރުގެ ވެރިކަމުގައި ޤައުމު ވައްޓާލި ފުން އަނދަވަޅުގެ ވާހަކައަށް ފަސްއަޅައި ފޮރުވުމަށް ދެއްކެވި ވާހަކަތަކެއް ކަމަށް ގިނަބަޔަކު ޤަބޫލުކުރާނެއެވެ. އެއީ، އެމްޑީޕީގެ ވެރިކަމުގައި ޤާނޫނުތަކަށް ބަދަލު ގެނެސްގެން 4 ފަހަރެއްގެ މަތިން އެތައް ބިލިއަން ރުފިޔާއެއް ޗާޕުކުރި ހަނދާން މިއަދު ފައިސަލް ނައްތާލައްވާ މިސަރުކާރުގެ ބޮލުގައި ޑޮލަރު މައްސަލަ އަޅުވަން އުޅޭއުޅުމެވެ.

މިއަދު ޑޮލަރުގެ އަގު އުފުލި، އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ތަކްލީފުތަކާ ކުރިމަތިލާން ޖެހިފައިވަނީ، އެމްޑީޕީ ސަރުކާރުން އެއްވެސް ހިފެހެއްޓުމެއް ނެތި ފައިސާ ޗާޕުކޮށް ދިވެހި ރުފިޔާގެ އަގު ވައްޓާލުމުގެ ސަބަބުން ކަމަށް ޤަބޫލު ކުރުން މާ އައުލާކަން ބޮޑެވެ. މި ސަރުކާރުން ކުރަމުންދަނީ ޤައުމުގެ މާލީ މިނިވަންކަން ދިފާޢުކޮށް، ދުރު މުސްތަޤްބަލަށް ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކަމާއި، އެމްޑީޕީން މަޑު ޖައްސާފައިވާ މަޝްރޫއުތައް ހަލުވިކޮށް، އެމްޑީޕީން ޤައުމު ވައްޓާލި ފުން އަނދަވަޅުން ސަލާމަތްކުރުމުގެ މަަަސައްކަތްކަން ފައިސަލަށް ނުވިސްނުނީތީ އޭނާ މި ވިދާޅުވީ ބުރަދަނެއްހުރި ވާހަކަ ތަކެއް ނޫންކަމަށް ރައްޔިތުން ޤަބޫލުކުރާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ދަންޑަހިލު
ދަންޑަހިލު
1 މަސް ކުރިން

މުލުވަގުންގެ ބޮޑުމީހާއެހުރީ ތިޖޫރިކޮނޑަށްލައިގެން ދުއްވައިގަންނަން ފުރުޞަތުލިބޭލެއް ލަސްވެގެން ބޮލުރޮދިކެނޑިގެން ކޮސްގޮވަނި ލަދުޚަޔާތް އަރުއްވައިގަތީމަ މަގުމަތީގަ ލާހޫރެނި

Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި