Saturday, 29 August 2026
Ads by

ދިގު އިންތިޒާރަކަށް ނިމުމެއް: ތިލަމާލެ ބުރިޖާއެކު މާލެއާއި ވިލިމާލެ އެއްގަމު މަގުން ގުޅުވާލައިފި

ދިގު އިންތިޒާރަކަށް ނިމުމެއް: ތިލަމާލެ ބުރިޖާއެކު މާލެއާއި ވިލިމާލެ އެއްގަމު މަގުން ގުޅުވާލައިފި

ތިލަމާލެ ބުރިޖު--- ފޮޓޯ: ޕީއެސްއެމް

ގްރޭޓަރ މާލެ ކަނެކްޓީވިޓީ ބުރިޖު (ތިލަމާލެ ބުރިޖު) މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެ އެއްގަމު މަގުން ގުޅާލުމުގެ މަސައްކަތް އެއްކޮށް ނިންމައި، މަޝްރޫއުގެ 76.1 އިންސައްތަ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

Ad Image
Ads by

ތިލަމާލެ ބުރިޖަކީ މާލޭ ސަރަހައްދުގައި މިވަގުތު ކުރިއަށްދާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއެވެ. ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްގެންދާ އެފްކޮންސް ކުންފުނިން ބުނި ގޮތުގައި، ދެން އެންމެ އަވަހަށް ކުރިއަށްގެންދާނީ ބުރިޖުގެ ފިނިޝިންގ މަސައްކަތްތަކެވެ. އެގޮތުން ބުރިޖުގައި ރޭލިންގ ހަރުކުރުމާއި ލައިޓް ހަރުކުރުން ފަދަ މުހިއްމު މަސައްކަތްތައް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބުރިޖުން ދަތުރުކުރަން ފެށޭނީ ފިނިޝިންގގެ މަސައްކަތްތައް އެއްކޮށް ނިންމާލެވުމުންނެވެ. މި މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި އެއްގަމު މަގުން ގުޅާލާއިރު، ބުރިޖާއި ކޯޒްވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ. އަދި މި ރަށްތައް ގުޅުވައިދޭ ހައިވޭތަކުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް އެފްކޮންސްއިން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރަމުން ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ، ތިލަމާލެ ބުރިޖު މަޝްރޫއުގެ ދަށުން މިވަގުތު ގުޅިފަޅުގައި ކުރިއަށްދަނީ ބުރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ކަމަށާއި، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތައް ކަމަށެވެ.

ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އެމްޑީޕީ ސަރުކާރުގައި 2021 ވަނަ އަހަރުގެ ތެރޭގައެވެ. ދިމާވި އެކި ސަބަބުތަކާ ހުރެ ބުރިޖުގެ މަސައްކަތްތައް ލަސްވެ ބުރިޖު ނިންމުމަށް އެކި ތާރީހުތައް ކަނޑައެޅި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންޑިއާއާއެކު ކުރި ހަރުދަނާ މަޝްވަރާތަކާއި ކުރެވުނު މުހިއްމު ގިނަ މަސައްކަތްތަކާ ގުޅިގެން ބުރިޖު ގުޅާލުމުގެ މަސައްކަތް ވަނީ މެކުހަށް ޖަހައިފައެވެ.

މުޅި މި މަޝްރޫއަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު (7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ) ހޭދަވާނެއެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ އިތުރުން ދިވެހި ސަރުކާރުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ.

ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ އަންނަ 2027 ވަނަ އަހަރުގެ ނިޔަލަށް ތިލަމާލެ ބުރިޖުގެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ނޮންނޮ
ނޮންނޮ
6 ދުވަސް ކުރިން

ހުލުމާލެ ބުރިޖާއި ވިލިމާލެ ބުރިޖާއި އަޅާނުނުކިިޔާނެ އިގޭތޯ އެއައްވުރެ ދެގުނަބޮޑު ބުރުޖެއް ވިލިމާލެ ބުރިޖަކީ

Ads by
ފަހުގެ ޚަބަރު
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް