Saturday, 29 August 2026
Ads by

ނަތަންޔާހޫ ނަސްލުހޭދު ހިންގިކަމަށް ތުހުމަތުކޮށް، ތުރުކީއިން އިންޓަޕޯލް މެދުވެރިކޮށް ހައްޔަރުކުރުމަށް އެދެފި

ނަތަންޔާހޫ ނަސްލުހޭދު ހިންގިކަމަށް ތުހުމަތުކޮށް، ތުރުކީއިން އިންޓަޕޯލް މެދުވެރިކޮށް ހައްޔަރުކުރުމަށް އެދެފި

އަންކާރާގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އަރްދޮޣާންއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޒްރޭލުގެ ރައީސް އީސާކް ހެރްޒޮގް. (އޭޖެންސް ފްރާންސް-ޕްރެސް/ ގެޓީ އިމޭޖަސް)

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިޒްރޭލުގެ އޮފިޝަލެއް ކަމަށްވާ އަފެކް މޮސްކޮވިޗް ހައްޔަރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފުޅާ ދާއިރާއެއްގައި ’ރެޑް ނޯޓިސް‘ ނެރެދިނުމަށް ތުރުކީން އިންޓަޕޯލްގައި އެދިއްޖެއެވެ.

Ad Image
Ads by

ތުރުކީގެ ޖަސްޓިސް މިނިސްޓަރު އަކިން ގުރްލެކް ހާމަކުރި ގޮތުގައި، މި އަމުރަށް އެދުނީ އިސްތަންބޫލްގެ 11 ވަނަ ހައި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޤަޟިއްޔާއަކާ ގުޅިގެންނެވެ. މިއީ ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދިޔަ ’ގްލޯބަލް ސުމޫދު ފްލޮޓިއްލާ‘ އަށް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ދިން ޙަމަލާ އާއި، އެ އުޅަނދުތަކުގައި ތިބި އާންމުން ހައްޔަރުކުރި ހާދިސާއާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ.

ނަތަންޔާހޫއާއި އޭނާގެ ސަރުކާރުގެ 35 އޮފިޝަލެއްގެ މައްޗަށް ތުރުކީން ވަނީ ’ނަސްލުހޭދު ހިންގުމާއި’، ’އިންސާނިއްޔަތާ ދެކޮޅަށް ޖަރީމާތައް ހިންގުމާއި’، ’އަނިޔާވެރިވުން’، އަދި ’އާންމުންގެ މިނިވަންކަން ނިގުޅައިގަތުން‘ ފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތުކޮށްފައެވެ.

ތުރުކީގެ ޖަސްޓިސް މިނިސްޓަރު ބުނީ، ޣައްޒާގައި ހިންގާ ޖަރީމާތައް އޮއްބާލުމަށް ނުވަތަ ކުށްވެރިން ޤާނޫނުގެ ކުރިމަތިން ރެކެން ފުރުޞަތު ނުދޭނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ތުރުކީން އަޅާނެކަމަށް އޭނާ ބުންޏެވެ. އިންޓަޕޯލްގެ ”ރެޑް ނޯޓިސް“ އަކީ މެންބަރު 196 ޤައުމުގެ ކަމާބޭހޭ ފުލުހުންނަށް ކުށްވެރިޔާ ހޯދައި، ބަންދުކޮށް، އަތުލައިގަތުމަށް ދެވޭ ބައިނަލްއަޤްވާމީ އަމުރެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް