ގދ. ތިނަދޫ އަލުން އާބާދުވި ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ރަށަށް ވަޑައިގަންނަވައިފިއެވެ.
އެ ދެބޭފުޅުންނަށް މަރުހަބާ ދެންނެވީ ތިނަދޫ މޭޔަރު ސައުދު އަލީ އާއި އެ ރަށު ސިޓީ ކައުންސިލްގެ މެމްބަރުންނެވެ.
ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން ޔުނައިޓެޑް ސުވާދީބް އައިލެންޑްސްގެ ނަމުގައި އުފެއްދި ވަކި ދައުލަތް ރޫޅާލުމުގެ ނަމުގައި، ކުރީގެ ރައީސް އިބްރާހީމް ނާސިރު ބޮޑުވަޒީރަކަށް ހުންނެވިއިރު ތިނަދޫ ފަޅުކުރީ 1962 ވަނަ އަހަރު އެވެ. އެކަމުގައި ތިނަދޫ މުޅިން ވީރާނާކޮށްލި އިރު އެތައް ބަޔަކު ކަނޑުވެ، މަރުވި އެވެ.
ތިނަދޫ ފަޅުކުރިއިރު އޭރުގެ ސަރުކާރުން ހިންގި ކަމަށް ބުނާ ކަންތައްތައް އަލުން ތަހުގީގުކުރަން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުން އަޑުއެހުންތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އެ އިންތިގާލީ އޮފީސް އުވުނު އިރު ވެސް އެކަމާ ބެހޭ ރިޕޯޓެއް ނުނެރެވުނު ތަނުގައި، އެކަމުގެ އެއްވެސް ވާހަކައެއްވެސް ނުދައްކައެވެ.
ތިނަދޫން ބޭރުކުރި އާބާދީ އެ ރަށުގައި އަލުން ވަޒަންވެރިވާން ސަރުކާރުން ހުއްދަ ދިނީ 1966 ވަނަ އަހަރު އެވެ.
ތިނަދޫން މީހުން ބޭލުމަށްފަހު އެ ރަށް އަލުން އާބާދުވި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އެ ރަށުގައި ދަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ.
President @MohamedNasheed & President Yameen travelling to Thinadhoo to commemorate Resettlement Day ,a significant chapter in Thinadhoo’s history, and an occasion that brings together two former Presidents who played very different roles in our country’s journey. pic.twitter.com/9hi6gZLl3t
— Aishath Jennifer (@JenniferAishath) August 21, 2026
ރައީސް ނަޝީދު ސިޔާސީ ކަންކަމާ ދުރުގައި ”މުންޑު އަނދެގެން ގޭގައި އޮންނެވި“ ކަމަށް ދާދިފަހުން ޔާމިން ވިދާޅުވެފައި ވަނިކޮށް، ޔާމީނާއެކު މިފަދަ ދަތުރުފުޅެއްގައި ނަޝީދު ބައިވެރިވެވަޑައިގަތުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ. އަދި ނުރުހުމާއި ފާޑުކިޔުންވެސް އަމާޒުކޮށްފައިވެއެވެ. ޔާމީނު މިފަހުން ނަޝީދުއާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅު ވުމާއެކު ނަޝީދު ފެކްޝަނުން ޔާމީނަށް ނިސްބަތްކޮށް ބަހުގެ ހަމަލާތައްދީފައިވެއެވެ.













ބަލާއެއް ޖޯކު ހަބަރެއް ނަޝީދު މުންދު އަނދެގެން އޮވެ އޮންލައިން ކޮން ގޭގަ ސިޔާސީ މަސައްކަތް ކުރަނި
ކޮން ދަމާފަ ގެނެސް ތިނަދޫ އަޢް މިހާރު ހުރީ ސިވިލްސާވިސް މޯލްޑީސް މުވައްޒަފެއްގޮތައް ފަޓްލޫނުލާ ގަމީސް
ލާގެން ބެގީ ކޮއްގެން