Saturday, 29 August 2026
Ads by

ތިލަމާލެ ބުރިޖު މަޝްރޫޢު: މާލެއާއި ވިލިމާލެ ގުޅުވައިދޭ ފަހު ސެގްމަންޓު މާދަމާ ގުޅާލަނީ

ތިލަމާލެ ބުރިޖު މަޝްރޫޢު: މާލެއާއި ވިލިމާލެ ގުޅުވައިދޭ ފަހު ސެގްމަންޓު މާދަމާ ގުޅާލަނީ

ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓު ގުޅާލުމުގެ ތާރީޚީ މަސައްކަތް މާދަމާ ހެނދުނު ކުރުމަށް ތައްޔާރުވެއްޖެއެވެ.

Ad Image
Ads by

މި މަޝްރޫޢުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސް ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި މާދަމާ ހެނދުނު ބާއްވާ ޚާއްޞަ ހަރަކާތަކާއެކު މި ސެގްމަންޓު ގުޅާލުމުން، މާލެއާއި ވިލިމާލެއާ ދެމެދު އަޅާ ބުރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް އެއްކޮށް ނިމިގެންދާނެއެވެ.

މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް، އާންމު ދަތުރުފަތުރަށް ބުރިޖު ހުޅުވާލެވޭނީ ފިނިޝިންގ މަސައްކަތްތައް އެއްކޮށް ނިމުމުންނެވެ. އެގޮތުން، ދެން އެންމެ އަވަހަށް ފެށިގެންދާނީ ދަތުރުފަތުރުގެ ރައްކާތެރިކަމަށްޓަކައި ޖަހަންޖެހޭ ރޭލިންގްސްތަކާއި ލައިޓިންގ ހަރުކުރުން ފަދަ މުހިންމު ފިނިޝިންގ މަސައްކަތްތައް ކަމަށް އެފްކޮންސް އިން ބުނެއެވެ.

މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ އެންމެ ބިޔަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމަށްވާ ތިލަމާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢެކެވެ. ބުރިޖާއި ކޯޒްވޭތައް ހިމެނޭ ގޮތަށް މުޅި މި މަޝްރޫޢުގެ ދިގުމިނަކީ 6.7 ކިލޯމީޓަރެވެ. އަދި މި ރަށްތައް ގުޅުވައިދޭ ހައިވޭތަކުގެ މަސައްކަތްތައް ވެސް މިހާރު ދަނީ އެއްފަސްކޮށް ބާރަށް ކުރިއަށެވެ.

ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި މިވަގުތު ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތަކެވެ.

މުޅި މި މަޝްރޫޢަށް ގާތްގަނޑަކަށް 500 މިލިޔަން ޑޮލަރު (7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ) ހޭދަވާނެއެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީއާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ އިތުރުން ދިވެހި ސަރުކާރުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. މާދަމާ މާލެއާއި ވިލިމާލެ ގުޅާލެވިގެން ދިޔުމަކީ މި މަޝްރޫޢު ނިންމުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް