Wednesday, 9 September 2026
Ads by

މިދިޔަ ހަފުތާގައި އެކަނިވެސް އެމްޕީއެލްއިން 1،655 ކޮންޓެއިނަރުގެ މުދާ ކްލިއަރކޮށްފި

މިދިޔަ ހަފުތާގައި އެކަނިވެސް އެމްޕީއެލްއިން 1،655 ކޮންޓެއިނަރުގެ މުދާ ކްލިއަރކޮށްފި

މާލޭ ވިޔަފާރި ބަނދަރު--- ފޮޓޯ: އެކި އެމްވީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފުތާގައި އެކަނިވެސް 1,655 ކޮންޓެއިނަރުގެ މުދާ ކްލިއަރކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެމްޕީއެލްއިން ބުނެފައިވަނީ ކްލިއަރ ކުރެވުނު މުދަލުގެ ތެރޭގައި އެންމެ ގިނައީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ ބިހާއި ފިޔާ ކަމަށެވެ. އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާއި ހަމައަށް ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި އާންމު މުދާ އުފުލާ ބޯޓުފަހަރުން ޖުމުލަ 40,275.52 ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފައިވެއެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،312 ކޮންސައިންމަންޓުގެ 38,088.37 ފްރައިޓް ޓަނާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 343 ކޮންސައިންމަންޓުގެ 2،187.15 ފްރައިޓް ޓަން ހިމެނެއެވެ.

މި މުއްދަތުގައި މާލޭ ވިޔަފާރި ބަނދަރަށް ކޮންޓެއިނަރު އުފުލާ އެއް ބޯޓާއި، އާންމު މުދާ އުފުލާ 4 ބޯޓު ކައިރިކޮށްފައިވާއިރު، ކޮންޓެއިނަރު އުފުލާ 4 ބޯޓާއި އާންމު މުދާ އުފުލާ 3 ބޯޓު ވަނީ ފުރާފައިވެއެވެ. ބަނދަރުގެ އޮޕަރޭޝަންތަކަށް ބަލާއިރު، 766 ކޮންޓެއިނަރު ބޭލުމާއި 1،287 ކޮންޓެއިނަރު ބޭރުކުރުމާއެކު ޖުމްލަ 2،053 ކޮންޓެއިނަރުގެ އޮޕަރޭޝަން ހިންގާފައިވެއެވެ.

އެމްޕީއެލްއިން މައުލޫމާތު ދީފައިވާ ގޮތުގައި މިދިޔަ ހަފުތާގައި އެކަނިވެސް އަވަހަށް ހަލާކުވާ ޒާތުގެ މޭވާއާއި ތަރުކާރީ ފަދަ ތަކެތީގެ 62,092 ޕެކޭޖު ކްލިއަރ ކޮށްފައިވާ ކަމަށެވެ. އެންމެ ގިނައިން ކްލިއަރ ކުރެވުނު ބާވަތްތަކުގެ ތެރޭގައި 17,097 ކޭސް ބިސް، 10,836 ބަސްތާ ފިޔާ، 7,311 ކޭސް ކަރާ، 6,575 ބަސްތާ އަލުވި އަދި 4,877 ކޭސް ޓޮމާޓޯ ހިމެނެއެވެ.

ވިޔަފާރި ބަނދަރުގެ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރުމުގެ ގޮތުން، ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ހަލުވި ދުވެލީގައި ކުރިއަށް ގެންދަމުންނެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިލަފުށީ ބަނދަރު ހުޅުވައި ހިދުމަތް ދޭން ފެށުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި