Sunday, 8 November 2026
Ads by

އެމްޓީސީސީ ހިޔާ މަޝްރޫއު އަލުން ފަށަނީ

އެމްޓީސީސީ ހިޔާ މަޝްރޫއު އަލުން ފަށަނީ

އެމްޓީސީސީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގަން ނިންމި ބޯހިޔާވަހިކަމުގެ މަޝްރޫއު އަލުން ފެށުމާ ގުޅޭގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމުގެ ތެރެއިން---

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގަން ނިންމި ބޯހިޔާވަހިކަމުގެ މަޝްރޫއު ހުއްޓިފައިވާތީ އެ މަޝްރޫއު އަލުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވާން ފަށައިފިއެވެ.

Ad Image
Ads by

މި މަޝްރޫއު އަލުން ފެށުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެމްޓީސީސީން އިއްޔެ ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބާއްވައިފައެވެ. މި ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއާއި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު، ޢަލީ ޒުހައިރުގެ އިތުރުން އެ ދެ ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަކީ އެމްޓީސީސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބޭނުންވާ 12،000 އަކަފޫޓުގެ ބިން ގަތުމާ ގުޅޭ އިދާރީ ކަންކަން ނިންމުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން އެ ކުންފުނީގެ ޓަވަރުތައް ތަރައްގީކުރެވިފައި ނުވުމަކީ ކުންފުނީގެ މުވައްޒަފުން އިންތިހާއަށް މާޔޫސްކުރުވި ކަމެކެވެ. ކަންމިހެން އޮތުމުން އެމްޓީސީސީގެ ބޯޑާއި މެނޭޖްމަންޓުން، މުވައްޒަފުންގެ ހެވާއި ލާބަޔަށްޓަކައި ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި ދެކިގެން އެކަންކޮށްދޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަފައެވެ.

އެމްޓީސީސީން ބުނީ އަބަދުވެސް ކުންފުނީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރާނެ ކަމަށާއި، އަމާޒަކީ ބިން ހަމަޖެހުނުހާ އަވަހަށް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
big_NJrEImHlrbsoy1YUi0K80GoxO
ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
big_SP4z4IpTcEiXcm5ihCjCh7gIf
ފެންފުއްޓާ ފަރަށް އެރި 'ދެރަހަ' ބޯޓުން 10 މީހުން ސަލާމަތްކޮށްފި
Shahid 232
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރުކުރި ޝާހިދު އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕުން ބޭރުކޮށްފި
ndnuj
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި
Ads by
މަގުބޫލު
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި