Saturday, 17 October 2026
Ads by

އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނާ އެފްޑީސީން މިއަދު ބައްދަލުކުރަނީ

އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނާ އެފްޑީސީން މިއަދު ބައްދަލުކުރަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ޓަވަރުތައް---

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނާ މިއަދު ބައްދަލުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

Ad Image
Ads by

އެފްޑީސީން ވަނީ ”އަމާން މުޖުތަމައުއަކަށް އެންމެންގެ ހިއްސާ“ ގެ ނަމުގައި ބާއްވާ މި ކޮމިއުނިޓީ ބައްދަލުވުމުގައި އެންމެން ވެސް ބައިވެރިވުމަށް އެދި ދައުވަތު ދީފައެވެ. އަމާން އުދަރެސް / ދޯދި ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނާ އެފްޑީސީން ބައްދަލުކުރުން އޮންނާނީ މިއަދު ހަވީރު 16:00 އިން ފެށިގެން އިރުއޮއްސި 18:00 އާއި ހަމައަށް އަމާން އުދަރެސް 14 ޕާކިންގ އޭރިއާގައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ”އެކި އެމްވީ“ އަށް މައުލޫމާތުދެއްވަމުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ މި ކޮމިއުނިޓީ ބައްދަލުވުމަކީ އަމާން ޓަވަރުތަކުގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެން ފެށި ސަރަހައްދުގައި ޕާކިންގ މަސައްކަތް ނިންމުމާއި، އެ ސަރަހައްދު ފެހިކުރަން ހިންގާ ޕްރޮގްރާމު ލޯންޗުކުރުމުގެ ބޭނުމުގައި ބާއްވާ ކޮމިއުނިޓީ ބައްދަލުވުމެއް ކަމަށެވެ.

އަމާން ޓަވަރުތަކުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެފަހުން މިއީ އެފްޑީސީން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-17T112740
ހައިވޭގައި ފުލުހެއްގެ ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މައްސަލަ ސީޕީ ކުށްވެރިކުރައްވައިފި
Ronaldo 565
ރޮނާލްޑޯއަށް ފީފާއިން ވަކި ޚާއްޞަ އިނާޔަތްތަކެއް ދިން ކަމަށް ބުނެ ސައުތުގޭޓް ތުހުމަތުކޮށްފި
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި