ދިވެހިރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދޭ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހައުސިންގ މިނިސްޓްރީގެ ފަރާތުން ދޭ ”އިންޖިނިއަރސް އެވޯޑު“ އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިންޖިނިއަރުންގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އޮގަސްޓު މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ. މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް ހައުސިންގ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
އެ ގިންތިތަކަކީ:
- އިންޖިނިއަރ އޮފް ދަ އިޔަރ
- ލައިފްޓައިމް އެޗިވްމަންޓް އެވޯޑް
- ޔަންގް އިންޖިނިއަރ އެވޯޑް
- ވިމެން އިން އިންޖިނިއަރިންގ އެވޯޑް
- އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑް
- ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
- އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ އެވޯޑު
- ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
- ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
- ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑް
އިންޖިނިއަރސް އެވޯޑް 2026 އަށް ކުރިމަތިލުމަށް މުއްދަތު އިތުރުކުރުމާ ގުޅޭ
އިއުލާނު: https://t.co/5NIIBhVOOb pic.twitter.com/wWBcVxZGN1— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) August 19, 2026
ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ’އިންޖިނިއަރސް އެވޯޑު ދިނުމާ ގުޅޭ އުސޫލު‘ ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން މި އެވޯޑަށް ނަން ހުށަހެޅޭނެއެވެ، މި އެވޯޑަށް ނަން ހުށަހެޅުމަށް އޮންލައިން އެޕްލިކޭޝަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އިގުރާރު ލިންކް މެދުވެރިކޮށް ލިބޭނެއެވެ.













