Wednesday, 9 September 2026
Ads by

ކުޑަކުދިންނަށް އިހުމާލުވުމާއި އަންހެނުންނަށް ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް މިދިޔަ މަހު އިތުރުވެއްޖެ

ކުޑަކުދިންނަށް އިހުމާލުވުމާއި އަންހެނުންނަށް ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް މިދިޔަ މަހު އިތުރުވެއްޖެ

ކުޑަކުދިންނަށް އިހުމާލުވުމާއި އަންހެނުންނަށް ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތައް މިދިޔަ މަހު އިތުރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ad Image
Ads by

ފެމިލީ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 228 މައްސަލައެއް އެ މިނިސްޓްރީން ވަނީ ބަލައިފައެވެ. އޭގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 22 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅުންހުރި 16 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅުންހުރި 6 މައްސަލައެވެ. މިއީ ޖޫން މަހު ހުށަހެޅުނު 14 މައްސަލައާ އަޅައިބަލާއިރު އިތުރު އަދަދެކެވެ.

މިދިޔަ މަހު ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން އަންހެން ކުދިންނާ ގުޅުންހުރި 14 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅުންހުރި 3 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ގެވެށި އަނިޔާ ކުރުމުގެ 14 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 7 މައްސަލައެއް ވެސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ކުޑަކުދިންގެ އަޚްލާޤާ ގުޅުންހުރި އެހެނިހެން 15 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ގެއިން ފިލައިގެން ދިޔުމުގެ 2 މައްސަލައަކާއި ސްކޫލަށް ދާން ދެކޮޅު ހެދުމުގެ 4 މައްސަލައެއް ހިމެނެއެވެ.

ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު، މިދިޔަ މަހު 54 މައްސަލައެއް ފެމިލީ މިނިސްޓްރީން ވަނީ ބަލައިފައެވެ. މި ބައިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން އަންހެނުންނަށް ޖިސްމާނީ އަނިޔާ ކުރުމުގެ 27 މައްސަލައަކާއި، ފިރިހެނުންނަށް އަނިޔާކުރުމުގެ 5 މައްސަލައެއް ހިމެނެއެވެ. ދެވަނައަށް އެންމެ ގިނައީ އަނގަބަހުން ނުވަތަ ނަފުސާނީ ގޮތުން ކުރާ އަނިޔާގެ މައްސަލަތައް ކަމަށްވާއިރު، އެފަދަ 12 މައްސަލައެއް އެ މިނިސްޓްރީން ވަނީ ބަލައިފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން ދެ ކުއްޖަކު ފޯސްޓާ ކުރުމަށް (އާއިލާއަކާ) ވަނީ ހަވާލުކޮށްފައެވެ. އަދި ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު، އަލުން އެކުދިންގެ އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތް ވެސް މިދިޔަ މަހު ވަނީ ކޮށްފައެވެ.

ދިވެހިރާއްޖެއަކީ ކުޑަކުދިންނަށް އަނިޔާ ކުރުމާއި ގެވެށި އަނިޔާގެ މައްސަލަތައް ނިސްބަތުން ގިނަ ޤައުމެކެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ވެސް ގެވެށި އަނިޔާގެ 320 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 25 އިންސައްތައިގެ އިތުރުވުމެކެވެ.

ކަމާބެހޭ އިދާރާތަކުން ދަނީ މިފަދަ މައްސަލަތައް ހުއްޓުވުމަށާއި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި