Saturday, 24 October 2026
Ads by

ވަރކް ވިސާގެ ހިދުމަތްތަކަށް ”އޭންޓް ކިޔު“ މެދުވެރިކޮށް ޓޯކެން ނެގޭގޮތް ހަމަޖައްސައިފި

ވަރކް ވިސާގެ ހިދުމަތްތަކަށް ”އޭންޓް ކިޔު“ މެދުވެރިކޮށް ޓޯކެން ނެގޭގޮތް ހަމަޖައްސައިފި

ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ވަރކް ވިސާގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އޮންލައިންކޮށް ޓޯކެން ނެގޭނެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

Ad Image
Ads by

އިމިގްރޭޝަނުން މިއަދު ބުނީ، ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އަންނަ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަށް އިމިގްރޭޝަނަށް ހާޒިރުވެ އެފަރާތެއްގެ ނަންބަރު ޖެހެންދެން އިމިގްރޭޝަނުގައި މަޑުކުރަންޖެހުމުން ގިނަ ފަރާތްތަކެއްގެ ޝަކުވާ ލިބޭ ކަމަށެވެ.

އެހެންކަމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޒަމާނާއި އެއްގޮތަށް އެ ހިދުމަތް އޮންލައިންކޮށް މިހާރު ކަނޑައެޅިފައިވާ ގަޑީގައި ”އޭންޓް ކިޔޫ“ މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ނަންބަރު ނެގޭގޮތަށް ހަމަޖައްސާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކުގެ އެތައް ވަގުތެއް ސަލާމަތްވެ އެކަމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި ހިދުމަތް ދިނުމުގައި 5 ޕާސްޕޯޓަށްވުރެ ގިނަ ޕާސްޕޯޓު ނަގާ ފަރާތްތަކަށާއި އަދި 5 ޕާސްޕޯޓަށްވުރެ މަދުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް ކިއު ނަންބަރު ނެގުމަށް ވަކި ގަޑިތަކެއް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި