Wednesday, 19 August 2026
Ads by

ވިލިމާލެ ހޮސްޕިޓަލުގެ މަސައްކަތަށް ސިޓީ ކައުންސިލުން އެއްބާރުލުން ދިނުމަށް ސަމާހު ގޮވާލައްވައިފި

ވިލިމާލެ ހޮސްޕިޓަލުގެ މަސައްކަތަށް ސިޓީ ކައުންސިލުން އެއްބާރުލުން ދިނުމަށް ސަމާހު ގޮވާލައްވައިފި

ވިލިމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށްޓަކައި، ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިފައިވާ ގޮތަށް ވަގުތީ ސައިޓްތައް ހަމަޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހު ގޮވާލައްވައިފިއެވެ.

Ad Image
Ads by

މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލަރު ސަމާހު ވިދާޅުވީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލަކީ ވިލިމާލޭގެ ރައްޔިތުންގެ އިތުރުން މުޅި މާލެ ސިޓީގެ ރައްޔިތުންނަށް ވެސް އޭގެ ސަބަބުން ވަރަށް ގިނަ ލާބަޔާއި މަންފާތައް ލިބިގެންދާނެ މަޝްރޫއެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، މަސައްކަތް ކުރާނެ ވަގުތީ ހުސް ދެ ސައިޓެއް ހަމަޖައްސައިދިނުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ކައުންސިލުގައި އެދިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަމާހު ވިދާޅުވީ އޭނާގެ އެންމެ ބޮޑު އެދުމަކީ ހޮސްޕިޓަލުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށޭނެ ގޮތް ހެދުމަށްޓަކައި ވަގުތީ ސައިޓްތައް ކައުންސިލުން ހަމަޖައްސައިދިނުން ކަމަށެވެ. އަދި މިފަދަ މުހިންމު މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ ސިޓީ ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބިގެން ކަމަށާއި، ކައުންސިލުން އެއްބާރުލުން ދިނުމަކީ މަސައްކަތްތައް އަވަސްވެ ސަރުކާރަށް ވެސް ލިބޭނެ ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ސަމާހު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިއުޅެނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކޮވިޑްގެ ދުވަސްވަރު ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކޮށް ވެންޓިލޭޓަރު ދިރުވާލި ފަދަ ޖަރީމާއެއް ހިންގަން ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ސިއްހަތާ ގުޅުންހުރި މިފަދަ މުހިންމު ކަންކަމުގައި ސަރުކާރުން ކުރާ މަސައްކަތްތަކަށް ޖެއްސުން ކުރުމަކީ ސީދާ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކާއި ގެއްލުމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ވެންޓިލޭޓަރުތަކުގެ ހަގީގަތް ސަމާހު ހާމަކުރެއްވުމާ ގުޅިގެން، ކައުންސިލުގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ ކައުންސިލަރުން ވަނީ މި މަޝްރޫއަށް ބޭނުންވާ ބިން ދިނުމަށް ވޯޓު ނުދޭނެ ކަމަށް ބުނެ، މި މަސައްކަތަށް ހުރަސްއަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އެހެންނަމަވެސް، ސިޔާސީ ފިކުރު އެއްކިބާކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް ސަމާހު ވަނީ ތަކުރާރުކޮށް ގޮވާލައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
health
ޤައުމީ ޓީމުތަކުން ޖާގަ ލިބޭނީ ދުންފަތާ ދުރު އެތުލީޓުންނަށް: ކެބިނެޓް
big_eNcA8TOwMsNHlJFyKHVGwzSIG
ވާނުވާ ބަންދުގައި ތިބޭ މީހުން އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ
janab_ibrahimmohamed2
ރާއްޖެޓީވީން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭ: ޖަނާބު
Screenshot
ވެންޓިލޭޓަރުން ވައްކަންކުރި ވާހަކަ ދެއްކުމުން އެމްޑީޕީ ކައުންސިލަރުން ރުޅިގަދަވެ، ވިލިމާލެ ހޮސްޕިޓަލު މަސައްކަތަށް ހުރަސް އަޅައިފި
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
Screenshot 2026-08-18 190318
ސިނަމާލެ ބުރިޖުގައި ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
Screenshot 2026-08-18 190318
ސިނަމާލެ ބުރިޖުގައި ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި