Saturday, 24 October 2026
Ads by

ޤައުމީ ޓީމުތަކުން ޖާގަ ލިބޭނީ ދުންފަތާ ދުރު އެތުލީޓުންނަށް: ކެބިނެޓް

ޤައުމީ ޓީމުތަކުން ޖާގަ ލިބޭނީ ދުންފަތާ ދުރު އެތުލީޓުންނަށް: ކެބިނެޓް

ދިވެހިރާއްޖޭގެ އެއްވެސް ޤައުމީ ކުޅިވަރު ޓީމެއްގައި ބައިވެރިވެވޭނީ ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ކަމަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި ޚާއްޞަ އަމާޒުތަކެއް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތުގައި 16 އޮގަސްޓު 2026 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމަށާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކެއްގެ އިތުރުން ސަރުކާރުގެ އެކި މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަނީ ނިންމަވާފައެވެ.

މި ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީން ހުށަހެޅި މަޢުލޫމާތުތަކަށް ރިޢާޔަތްކުރައްވައި ގިނަ ކަންތައްތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން، ސްކޫލް ނިޒާމުގެ ތެރެއިން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމުގެ ކަންކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކޯޑިނޭޓްކުރާ ގޮތަށް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން ކުރިއަށްގެންދިއުމަށާއި، މުޅި ރާއްޖެ ޝާމިލުވާ ގޮތަށް މަދަނީ ޖަމުޢިއްޔާތަކާއި، ރަށްރަށުގެ ޔޫތު އެސޯސިއޭޓުން އަދި ކުޅިވަރުގެ ދާއިރާގެ ބައިވެރިވުމާއެކު މި ކެމްޕޭން ފުޅާކުރުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، އިޖުތިމާޢީ، ސަލާމަތީ އަދި އިޤްތިޞާދީ ދާއިރާއިން ވަޒީރުންގެ މަޖިލީހުން ނިންމެވި މުހިންމު ކަންކަމުގެ ތެރޭގައި:

  • ގުރައިދޫ މަރުކަޒު ތަރައްޤީކުރުން: މާލެއަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަކީ ހުރިހާ ޚިދުމަތެއް ލިބޭ ”ސްޓޭޓް އޮފް ދި އާޓް“ މަރުކަޒަކަށް ހެދުމަށްޓަކައި އެތަން އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  • ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުން: ޖަލުތަކަށް ވައްދާ ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމާއި، އަންސްކިލްޑް ބިދޭސީންނަށް ކޮންމެ މީހަކަށް އެންމެ ސިމްކާޑެއް ދޫކުރާ ގޮތަށް ހަމަޖެއްސުން. އަދި ސިމް ގެއްލިގެން ނުވަތަ ހަލާކުވެގެން އިތުރު ސިމެއް ދޫކުރެވޭނީ ފުލުހުން މެދުވެރިކޮށް ކަނޑައެޅޭ އުސޫލަކުން ކަމަށް ހަމަޖެއްސުން.
  • ބަންދު މީހުންގެ އަދަދު މަދުކުރުން: އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ޙުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ރާއްޖެ ހެދުމަށް ފިޔަވަޅުތައް އެޅުން.
  • ކޮޕަރ ވަޔަރު ވަގަށް ނެގުން ހުއްޓުވުން: ބޮޑު އަގުގައި އެކްސްޕޯޓްކުރުމަށްޓަކައި ތަންތަނުގައި އަޅާފައި ހުންނަ ކޮޕަރ ވަޔަރުތައް ބުރިކޮށްގެން ވަގަށް ގެންދާ މައްސަލައަށް އަވަސް ޙައްލެއް ހޯދުން.
  • ވައިގެ ދަތުރުފަތުރުގެ ފެއަރ ކުޑަކުރުން: އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ ފެއަރ މުރާޖަޢާކޮށް، އެ އަގު ކުޑަކުރުން ހިމެނެއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވި މި ނިންމެވުންތަކަކީ ދިވެހި މުޖުތަމަޢުގެ ޞިއްޙީ ރައްކާތެރިކަމާއި، ޤައުމީ ސަލާމަތާއި، އަދި އިޤްތިޞާދީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އެޅުއްވި ވަރަށް މުހިންމު ފިޔަވަޅުތަކެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި