Wednesday, 19 August 2026
Ads by

ޔޫކޭގެ މަޝްހޫރު ޒުވާން ޢިލްމުވެރިޔާ ޝެއިޚް އަބޫ ތައިމިއްޔާ ރާއްޖެ ވަޑައިގަންނަވަނީ

ޔޫކޭގެ މަޝްހޫރު ޒުވާން ޢިލްމުވެރިޔާ ޝެއިޚް އަބޫ ތައިމިއްޔާ ރާއްޖެ ވަޑައިގަންނަވަނީ

ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) ގައި ދިރިއުޅުއްވާ މަޝްހޫރު ޒުވާން ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަބޫ ތައިމިއްޔާ، ޚާއްޞަ ދީނީ އަދި ތަޢުލީމީ ޙަރަކާތްތަކެއް ކުރިއަށް ގެންދެވުމަށް މި މަހުގެ 19 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ad Image
Ads by

މަހަލްދީބް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ”އެންލައިޓްން“ ގެ ނަމުގައި ކުރިއަށްދާ މި ޕްރޮގްރާމަކީ ޒުވާނުންނާއި ފުރާވަރު އުމުރުފުރައިގެ ކުދިންގެ ހިތްތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން 9 ދުވަހުގެ މުއްދަތަށް ރާވާފައިވާ ޕްރޮގްރާމެކެވެ. މި ދަތުރުފުޅުގައި ޝެއިޚްގެ ޙަރަކާތްތައް މާލޭ ސިޓީގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވެސް ކުރިއަށްދާނެއެވެ.

މި މަހުގެ 19 އިން 27 އަށް ކުރިއަށްދާ މި ދަތުރުފުޅުގެ ޙަރަކާތްތައް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. އެގޮތުން މާލޭގައި ޒުވާނުންނަށް ޚާއްޞަ ބައްދަލުވުންތަކާއި، ޑިނަރ އަދި ކޮފީ ސެޝަންތަކުގެ އިތުރުން، ސްކޫލް އަދި ޔުނިވަރސިޓީ ދަރިވަރުންނަށް އަމާޒުކޮށްގެން ތަފާތު ޕްރޮގްރާމްތަކެއް ކުރިއަށްދާނެއެވެ. މީގެ އިތުރުން އަންހެން ކަނބަލުންނަށް ޚާއްޞަ ސެޝަނަކާއި، ޓީވީ އަދި ޕޮޑްކާސްޓް ރެކޯޑިންތަކުގެ އިތުރުން ދިވެހި ޢިލްމުވެރިންނާ އެކު ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ޢާންމު ދަރުސަކާއި، ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން ޒުވާނުންގެ ކުޅިވަރު ޙަރަކާތްތަކެއް ވެސް މާލޭގައި ކުރިއަށްދާނެއެވެ.

ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން މި މަހުގެ 23 ވަނަ ދުވަހު ޝެއިޚް އަބޫ ތައިމިއްޔާ އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެއެވެ. އައްޑޫގައި އައްޑޫ ހައި ސްކޫލަށް ޒިޔާރަތްކުރެއްވުމާއި، ސްކޫލްތަކުގެ ވެރިންނާއި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ޢާންމު ދަރުސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ފަހުން، މި މަހުގެ 25 ވަނަ ދުވަހު ޝެއިޚް ފުވައްމުލައް ސިޓީއަށް ވަޑައިގެން، ސްކޫލް ސެޝަނަކާއި ޒުވާނުންނާ އެކު ބައްދަލުވުމެއް ބޭއްވެވުމުގެ އިތުރުން، ފުވައްމުލައް ސިޓީ ކައުންސިލާ ގުޅިގެން އާންމު ދަރުސެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި އެ ސިޓީގައި ފަތުރުވެރިކަމުގެ ތަޖުރިބާތަކާއި ފެތުމުގެ ހަރަކާތްތަކަށް ވެސް ދުވަހެއް ޚާއްޞަކުރެވިފައިވެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޝެއިޚް އަބޫ ތައިމިއްޔާ ފުރާވަޑައިގަންނަވާނީ އޮގަސްޓު 27 ގައެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދައުލަތުގެ އެކި މުއައްސަސާތަކުގެ އެއްބާރުލުން ލިބެމުންދާ ކަމަށް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެއެވެ. އޭގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ތަޢުލީމީ ވުޒާރާއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)، އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގެ އިތުރުން އައްޑޫ އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ބޮޑު އެހީތެރިކަމެއް މި ޙަރަކާތަށް ލިބެމުންދާކަން ފާހަގަކުރިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
health
ޤައުމީ ޓީމުތަކުން ޖާގަ ލިބޭނީ ދުންފަތާ ދުރު އެތުލީޓުންނަށް: ކެބިނެޓް
big_eNcA8TOwMsNHlJFyKHVGwzSIG
ވާނުވާ ބަންދުގައި ތިބޭ މީހުން އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ
janab_ibrahimmohamed2
ރާއްޖެޓީވީން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭ: ޖަނާބު
Screenshot
ވެންޓިލޭޓަރުން ވައްކަންކުރި ވާހަކަ ދެއްކުމުން އެމްޑީޕީ ކައުންސިލަރުން ރުޅިގަދަވެ، ވިލިމާލެ ހޮސްޕިޓަލު މަސައްކަތަށް ހުރަސް އަޅައިފި
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
Screenshot 2026-08-18 190318
ސިނަމާލެ ބުރިޖުގައި ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
Screenshot 2026-08-18 190318
ސިނަމާލެ ބުރިޖުގައި ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި