Wednesday, 9 September 2026
Ads by

ތިލަފުށިން ސިނާއީ ބޭނުމަށް ބިން ގަތް މީހުންގެ އަތުން ފައިސާ ނަގަން ފަށަނީ

ތިލަފުށިން ސިނާއީ ބޭނުމަށް ބިން ގަތް މީހުންގެ އަތުން ފައިސާ ނަގަން ފަށަނީ

ތިލަފުށިން ސިނާއީ ބޭނުމަށް ބިން ގަތް މީހުންގެ އަތުން ފައިސާ ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވަނީ ބުނެފައި - ފޮޓޯ:އެޗްޑީސީ

ތިލަފުށި ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަނެ، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ އަތުން ފައިސާ ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

Ad Image
Ads by

އެޗްޑީސީން ބުނީ ބިން ގަތުމަށް ހުޅުވާލި ފުރުސަތުގައި ބިން ކާމިޔާބުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް ގުޅައިގެން ”މައިލްސްޓޯން“ އެކެއްގެ ފައިސާ ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު އަލުން ހުޅުވާލަން އެޗްޑީސީން ނިންމާފައި ވަނީ މީގެ ދެ ހަފުތާ ކުރިންނެވެ.

ހަމައެކަނި ދިވެހިންނަށް ހުޅުވާލައިގެން ތިލަފުށި ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ވިއްކަން އެޗްޑީސީން ނިންމީ ތިލަފުށީ ޒޯން އޭ ގެ އޭރިޔާ ބީ ގައި މިހާތަނަށް ނުވިކި ހުރި ބިންތަކެވެ. ބީލަމުގެ އުސޫލުން ބިން ވިއްކަން ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށިން ޖުމްލަ 108 ބިން ވިއްކުމަށް ހުޅުވާލިއެވެ.

އެއީ 2،000 އަކަފޫޓާއި 4،900 އަކަފޫޓާ ދެމެދުގެ 64 ބިމާއި 5،000 އަކަފޫޓާއި 9،999 އަކަފޫޓާ ދެމެދުގެ 42 ބިމުގެ އިތުރުން 10،000 އަކަފޫޓާއި 14،999 އަކަފޫޓާ ދެމެދުގެ ދެ ބިމެވެ.

ތިލަފުށި ދެވަނަ ފިޔަވަހީގެ އޭރިއާގެ ބީ ގެ ބިން ހިއްކުމާއި އަތިރިމަތި ރައްކާތެރި ކުރުމުގެ ޕްރޮޖެކްޓުގެ 29 އިންސައްތަ ފުރިހަމަ ކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި