ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ރެއާލް މެޑްރިޑް އާއި ފެނަރބާޗޭގެ ކުރީގެ ތަރި ރޮބާޓޯ ކާލޯސް އިސްލާމްދީން ޤަބޫލުކޮށްފިކަމަށް ތުރުކީގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު އަލީ ޝާހިން އިއުލާންކޮށްފިއެވެ. އަލީ ޝާހިން އޭނާގެ ’އެކްސް‘ އެކައުންޓްގައި ކުރި ޕޯސްޓެއްގައި ބުނީ، ބްރެޒިލްގެ ސާއޯ ޕޯލޯގައި އިސްލާމީ ޖަމްޢިއްޔާތަކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ބްރެޒިލްގެ ދީނީ ޢިލްމުވެރިޔާ ޝައިޚް ޖިހާދު ހައްމާދާ ވަނީ ކާލޯސް އިސްލާމްވިކަމުގެ އުފާވެރި ޚަބަރު ހިއްސާކޮށްފައެވެ.
Brezilya’da İslam Toplumları Temsilcileri İle Bir Araya Geldik
Efsane Futbolcu Roberto CARLOS Müslüman Oldu…
Brezilya’nın São Paulo şehrinde yaşayan ve İslam coğrafyasının en etkili 500 isminden biri olarak gösterilen Sheikh Jihad Hammadeh ile Brezilya İslami Hayırsever… pic.twitter.com/usYFJXdpgZ
— Ali ŞAHİN (@AliSahin501) August 17, 2026
ޝައިޚް ޖިހާދުއާ ޙަވަލާދީ ޝާހީން އިތުރަށް ބުނިގޮތުގައި، ކާލޯސް ޝެއިޚް ޖިހާދުއާބައްދަލުކޮށް ޝަހާދަތް ލައިދީ އިސްލާމްވީ މީގެ ހަތަރު ހަފްތާ ކުރިންނެވެ. ތުރުކީގެ މެންބަރު އަލީ ޝާހިން ވަނީ ރޮބާޓޯ ކާލޯސް އިސްލާމްވުމާ ގުޅިގެން އޭނާއަށާއި އާއިލާއަށް މަރުހަބާ ކިޔައި، ބަރަކާތްތެރި ހަޔާތަކަށް އެދިފައެވެ.
މީޑިއާތަކުގައި މި ޚަބަރު ފެތުރެމުންދިޔަ ނަމަވެސް، ރޮބާޓޯ ކާލޯސް ނުވަތަ އޭނާގެ ޢާއިލާއާއި ގާތް މީހުންގެ ފަރާތުން މިކަމާ މެދު އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.













