Ads by
ޚަބަރު
ނިޒާމީ ވޯޓަށް ރައީސް ޞާލިޙް އެއްބަސްވީ ބަލިވާނެތީ އިނގޭތީ: ޝަރީފް

ޑިމޮކްރެޓްސްއިން އެދޭގޮތަށް ނިޒާމީ ވޯޓަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙް އެއްބަސްވީ ބަލިވާނެކަން އިނގޭތީ ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Eki Online

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ ތާއީދާ އެކު، ވެރިކަމުގެ ނިޒާމް ބަދަލުކުރަން ވޯޓަށް އަހަން ފެންނަ ކަމަށް ނިންމައިފި ނަމަ، އެކަން ކުރަން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަން ކޮމިޝަންގައި އެދޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ޝަރީފް ވިދާޅުވީ ނިޒާމީ ވޯޓަކަށް ދާން ރައީސް އެއްބަސްވެވަޑައިގެންނެވީ ދެވަނަ ބުރުން ބަލިވާނެކަން އެނގިވަޑައިގަންނަވާތީ ކަމަށާއި މިއީ ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގެ ބޭނުން ރައްޔިތުން ފުރިހަމަ އަށް ހިފުމަށް ސަމާލުވާންޖެހޭ ވަގުތު ކަމަށެވެ.

އަދި ވޯޓުލުމުގެ ޒިންމާ ފުރިހަމަ އަށް އަދާކުރަން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *