Saturday, 24 October 2026
Ads by

ނޭކުރެންދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އެއްކޮށް ނިންމާލައިފި

ނޭކުރެންދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އެއްކޮށް ނިންމާލައިފި

ނޭކުރެންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލުން--- ފޮޓޯ: ހައުސިންގ މިނިސްޓްރީ

ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ، އެ ރަށު ފެނާއި ނަރުދަމާގެ ނިޒާމު ޓެސްޓުކޮށް ކޮމިޝަންކުރުމުގެ މަސައްކަތް ވެސް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ. މިއީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީއާއި ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

ސަރުކާރުން މި މަޝްރޫއުގެ އަމަލީ މަސައްކަތް ހަވާލުކޮށްގެން ކުރިއަށްގެންގޮސްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ލިމިޓެޑްގެ ޖޮއިންޓް ވެންޗަރއާއެވެ. ނޭކުރެންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު ޓެސްޓުކޮށް ކޮމިޝަންކުރުމުގެ މަސައްކަތުގައި ހައުސިންގ މިނިސްޓްރީގެ ޓެކްނިކަލް މުވައްޒަފުންގެ އިތުރުން، މަޝްރޫޢުގެ ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަން އަދި އެ ރަށު ކައުންސިލުން ބައިވެރިވެފައިވެއެވެ.

ހައުސިންގ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ފެން ޓެސްޓުކުރެވޭ އިކްއިޕްމަންޓްތަކާއެކު ލެބޯޓަރީއަކާއި އޮފީސް ޖާގައެއް ގާއިމުކުރެވިފައިވެއެވެ. ހަމައެހެންމެ، ތިމާވެއްޓާ ރައްޓެހި ގޮތަށް ހިދުމަތް ދިނުމަށްޓަކައި 30 ކިލޯވޯލްޓްގެ ސޯލަރ ޕެނަލް ވެސް ވަނީ ހަރުކޮށްފައެވެ. އަދި، އާރުއޯ ޕްލާންޓުގެ އިމާރާތެއް ބިނާކޮށް، 2 ބޯހޯލް ތޮރުފައި، 30 ޓަނުގެ 2 އާރުއޯ ޕްލާންޓާއި، 135 ޓަނުގެ ބޯފެން ރައްކާކުރާ 2 ތާނގީ ވެސް ވަނީ ބަހައްޓާފައިވެއެވެ.

މީގެ އިތުރުން، 13.1 ކިލޯ މީޓަރުގެ ފެނުގެ ވިއުގައަކާއި، 10.4 ކިލޯމީޓަރުގެ ނަރުދަމާ ވިއުގަ އަޅާފައިވާއިރު، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން، ނަރުދަމާ ނިޒާމު ގުޅުވުމަށްޓަކައި ގޭބީސީތަކާއި އެހެނިހެން އިމާރާތްތަކުގެ ތެރޭގައި ޗެކްޕިޓް ބެހެއްޓުމާއި، ފެން މީޓަރުތައް ބެހެއްޓުމުގެ މަސައްކައްތައްވެސް ވަނީ އެއްކޮށް ނިންމާލާފައެވެ.

މި މަޝްރޫއާއެކު ނޭކުރެންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ސާފު ފެނާއި ނަރުދަމާގެ ނިޒާމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި