Sunday, 27 September 2026
Ads by

ބިދޭސީން އަތުންނަގާ ވިތު ހޯލްޑިންގ ޓެކްސް ދެގުނަ ބޮޑުކުރުމާ ގުޅޭ ބިލު ކޮމިޓީން ފާސްކޮށްފި

ބިދޭސީން އަތުންނަގާ ވިތު ހޯލްޑިންގ ޓެކްސް ދެގުނަ ބޮޑުކުރުމާ ގުޅޭ ބިލު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތު ހޯލްޑިންގ ޓެކްސް ދެގުނައަށް ބޮޑުކުރުމަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

Ad Image
Ads by

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ. މި ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް މުޅި މަޖިލިސް ކޮމީޓީއަށް ފޮނުވީ އިއްޔެއެވެ. ބިލު ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބިލު ހުށަހަޅާފައިވާ ގޮތަށް ބަދަލެއް ނުގެނެސް ބިލު ފާސްކުރަން ހުށަހެޅުއްވީ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙެވެ. އޭނާގެ މި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ.

މި ބިލު ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި 70 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލު ފާސްކުރަން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވައިފައެއް ނުވެއެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ދިވެހި ކޮންޓްރެކްޓަރުން، ބޭރުގެ ކޮންޓްރެކްޓަރުންނާ ހަަމަހަމަ ވާދަވެރި މާހައުލެއް އުފެއްދުމެވެ. މި ބިލުގައި، ވިތުހޯލްޑިންގ ޓެކްސް 5 އިންސައްތައިން 10 އިންސައްތައާއި ހަމައަށް ބޮޑުކުރުމަށް ވަނީ ހުށަހަޅައިފައެވެ. އަދި މި ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް އަހަރެއްގެ މައްޗަށް އިތުރު 251 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ވިތު ހޯލްޑިންގ ޓެކުހަކީ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދިވެހި ވިޔަފާރިތަކުން ފައިސާ ދައްކާ ނަަމަ، އެ ދައްކަންޖެހޭ އަގުގެ ތެރެއިން އުނިކޮށްގެން ނަގާ ޓެކުހެކެވެ. މި ފައިސާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާނީ ދިވެހި ކުންފުނިތަކުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި