Wednesday, 2 September 2026
Ads by

އީޖާދެއްގެ މާނަ ފުރިހަމަވާނީ، އޭގައި މީހުންނަށް މަންފާއެއް ލިބޭކަމެއް އެކުލެވިގެން: މެޑަމް ސާޖިދާ

އީޖާދެއްގެ މާނަ ފުރިހަމަވާނީ، އޭގައި މީހުންނަށް މަންފާއެއް ލިބޭކަމެއް އެކުލެވިގެން: މެޑަމް ސާޖިދާ

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ހަގީގީ އީޖާދެއްގެ ފެށުން އަންނަނީ ކަންކަން ހޯދައި ދެނެގަތުމަށް އޮންނަ ޝައުގުވެރިކަމާއި އިލްމު ގުޅިލާމެހޭ ހިސާބުން ކަމަށާއި، އީޖާދެއްގެ މާނަ ފުރިހަމަވަނީ، އޭގައި މީހުންނަށް މަންފާއެއް ލިބޭކަމެއް އެކުލެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އެކަމަނާ މި ބީދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި މިއަދު ފެށި، ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2026، ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

އާޓިފިޝަލް އިންޓެލިޖެންސް ފަދަ ވަސީލަތްތަކުގެ ސަބަބުން، ކުރިން އުންމީދު ކުރެވިފައި ނުވާ ފަދަ އެތައް ފުރުސަތުތަކެއް ހުޅުވިގެންދިޔަ ނަމަވެސް، އެއްޗެއް ނުވަތަ ކަމެއް އީޖާދުކުރުމަކީ ނިމުމެއްކަމަށް ދެކިގެން ނުވާނެކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. ޓެކްނޮލޮޖީ މިންކުރުމުގައި ބަލަންވީ އެއީ އުފެއްދިދާނެ އެއްޗެއްތޯ ނުވަތަ ކުރެވިދާނެ ކަމެއްތޯއެއް ނޫން ކަމަށާ، ބަލަންވީ އޭގެ މަންފާ ކުރާނީ ކޮން ބަޔަކަށްތޯ ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީގެ ސަބަބުން ހަގީގީ ބަދަލެއް އަންނަނީ، ޝައުގެއް އެކަމުގައި އޮވެމެ، ތައުލީމީ ނިޒާމަށާއި، ސިއްހީ ދާއިރާއަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އެކަން އަމާޒުކުރެވުމުން ކަމުގައި ވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މިފަދަ އީޖާދުތައް ކުރިއަރައި ދިއުމަށްޓަކައި، އެއީ އެންމެން ޝާމިލުވާ ކަމަކަށް ވާންޖެހޭނެ ކަމަށް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ސައިންސާއި ޓެކްނޮލޮޖީގެ މައިދާނުގައި އަންހެނުންނާއި އަންހެން ކުދިން އެމީހުންގެ ޖާގަ ހޯދުމަށް އިލްތިމާސްކުރައްވަމުން، އީޖާދުކުރުމަކަށް ވަކި ޖިންސެއް ނުވާ ކަމަށާއި، މުސްތަގުބަލު ބައްޓަންކުރުމުގައި އެބައެއްގެ ދައުރު އަދާކުރުމަށް އެއްވެސް ފަރާތެއްގެ ހުއްދައަކަށް ވެސް ބޭނުންނުވާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ޒުވާނުންނަކީ މާދަމާގެ ބިނާވެށި ކުރަހާ މީހުންގެ ގޮތުގައި ސިފަކުރައްވަމުން އެކަމަނާ ވިދާޅުވީ، ތައުލީމީ ނިޒާމުގެ ތެރެއިން އުފެއްދުންތެރިކަން ކުރިއަރުވައި، ނާގިދު ފިކުރާއި، ކަންކަމާ މެދު ފުންކޮށް ވިސްނުމުގެ ހުނަރު އާލާކުރަން ޖެހޭ ކަމަށެވެ. އަދި ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށްވުމުގެ ބަދަލުގައި، އެ އުފައްދާ ބަޔަކަށްވުމަށް ދަރިވަރުންނަށް އެކަމަނާ ހިތްވަރުދެއްވިއެވެ. ހަމަމިއާއެކު، ކަންކަމާ މެދު ހިތުގައި ޝައުގުވެރިކަން އުފެއްދުމަށް ހިތްވަރުދިނުމަށާއި، އައު ކަންކަން ތަޖުރިބާކުރުމަށް އޮންނަ ޔަގީންކަން ކަށަވަރުކޮށްދިނުމާއި، ނާކާމިޔާބީން ފިލާވަޅު ލިބިގަތުމަށް މުއައްސަސާތަކަށް ގޮވާލެއްވިއެވެ.

ދިރާސާކުރާ ފަރާތްތަކުން އެމީހުންގެ މަސައްކަތްތަކާއި ހޯދުންތައް ހަމައެކަނި ޔުނިވަރސިޓީ ތެރެއަށް ދޫކޮށްލުމުގެ ބަދަލުގައި، ހަގީގީ ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް، އެކަންކަން ނެރުމަށް މެޑަމް ސާޖިދާ ބާރުއެޅުއްވިއެވެ. އަދި ދިރާސާއެއް އެންމެ ރަނގަޅަށް ވަޒަންކުރެވޭނީ އެކަމެއްގެ ސަބަބުން ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އާ ހިޔާލުތައް މުޖުތަމައުތަކާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، އިލްމީ މުއައްސަސާތަކާއި، ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި، ސިނާއަތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ވެސް އެކަމަނާގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ތެވެލި ކޮންފަރެންސްގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ގުޅުންތަކެއް އުފެދި، މުޅި ގައުމުގައި އަމިއްލަ އުފެއްދުންތެރިކަމާއި އީޖާދުތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް އެކަމަނާއަށް އޮތް ޔަގީންކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން، މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، ތެވެލި 2026 އެވޯޑުތައް ހާސިލުކުރި ފަރާތްތަކާ އެވޯޑު ހަވާލުކޮށްދެއްވައިފައެވެ.

”ޓްރާންސްފޮރމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީ ފަސްޓް ސެންޗަރީ: ސައެންސް، ޓެކްނޯލޮޖީ އެންޑް ސޮސައިޓީ“ ނުވަތަ 21 ވަނަ ގަރުނުގައި ބަދަލުވަމުންދާ އީޖާދުތައް: ސައިންސާއި، ޓެކްނޮލޮޖީ އަދި މުޖުތަމައު، މި ޝިއާރުގެ ދަށުން އެމްއެންޔޫއިން އިންތިޒާމުކޮށްގެން ބާއްވާ 9 ވަނަ ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، އެމްއެންޔޫގެ ޗާންސެލަރާއި ވައިސް-ޗާންސެލަރާއި، ބޭރުގެ އިއްޒަތްތެރިންނާއި، އިލްމީ ދާއިރާގެ ބޭފުޅުންނާއި، ދިރާސާކުރައްވާ ފަރާތްތަކުގެ އިތުރުން ދަރިވަރުން ބައިވެރިވެވަޑައިގަތެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
b_k4WrvFwnmjRKv5a37brOyCKia
ހުޅުމާލެ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ފިރިހެންމީހާ އަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި
Police_Shaheedh hussain building_Jumhoory maidhaan_Flag_bodu dhidha
ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ
madam sajdha
މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ އާއިލާއަކަށް ލިބޭނެ އަގުނުކުރެވޭ ފަދަ ބޮޑު ނިއުމަތެއް: މެޑަމް ސާޖިދާ
471426_09a4042a-c_
ނޯވޭގެ އާ ރަސްގެފާނަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް