Ads by
ކުޅިވަރު
ރޮނާލްޑޯ އަދި މެސީ ނުލައި ޗެންޕިއަންސް ލީގު މިރޭ ފަށަނީ

ދިގު މުއްދަތަކަށް ޔޫރަޕް ފުޓްބޯޅައިގައި އެންމެ ނުފޫޒުގަދަ ދެ ކުޅުން ތެރިން، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިއޮނަލް މެސީ ނުލައި ޗެންޕިއަންސް ލީގު 2023/24 މިރޭ ފަށަނީއެވެ.

Ads by Eki Online

މިރޭ އާ ސީޒަނެއް ފަށާއިރު ވިއްސަކަށް އަހަރަށް ފަހު މި ދެކުޅުން ތެރިން ނުހިމެނޭ ގޮތައް ކުޅޭ ފުރަތަމަ ޗެމްޕިއަންސް ލީގެވެ. މިދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ ޔޫރަޕް ކުލަބްތައް ދޫކޮށް ސައުދީ ލީގްއަށް ބަދަލުވެފައެވެ. ނަމަވެސް މެސީ ވަނީ ޕީއެސްޖީއާ އެކު މިދިޔަ ސީޒަން ކުޅެފައެވެ. މި ސީޒަންގައި މެސީ ވެސް ވަނީ ޔޫރަޕް ފުޓުބޯޅަ ދޫކޮށް އެމެރިކާ ލީގްއަށް ގޮއްސައެވެ.

މި ދެކުޅުނެ ތެރިންނަކީ މި ލީގުގައި ގިނަ ރެކޯޑް ތަކެއް ހިއްސާވެސް ކުރަމުންދާ ދެ ކުޅުންތެރިންނެވެ. މިގޮތުން ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ލިސްޓްގެ ކުރީގައި އޮތީ ވެސް މި ދެ ކުޅުންތެރިންނެވެ. ލިސްޓްގެ އެއްވަނާގައި ރޮނާލްޑޯ ކުޅުނު 183 މެޗުން ޖެހި 140 ލަނޑާއި އެކުގައެވެ. ދެވަނާގައި މެސީ ވަނީ ކުޅުނު 162 މެޗުން 129 ލަނޑާއި އެކީގައެވެ.

މީގެ އިތުރުން ރޮނާލްޑޯ ޖުމްލަ ފަސްފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު މެސީ ވަނީ ޗެމްޕިއަންސް ލީގު ތިންފަހަރު ކާމިޔާބު ކޮށްފައެވެ.

މިރޭ ސީޒަންގެ ގްރޫޕް ސްޓޭޖްގެ މެޗުތަށް ފަށުމަށްވަނީ ހަމަޖެހިފައެވެ.

މެޗުތަކަށް ބަލާލާއިރު ރާއްޖެ ގަޑިން 21:45 ގައި ގިނަ އަހަރުތަކަކަށް ފަހު ޗެންޕިއަންސް ލީގަށް ކޮލިފައިވި ނިއުކާސަލް ނިކުންނާނީ މިލާނާއި ދެކޮޅަށެވެ. އަދި ޔަންގް ބޯއީސް ނުކުންނާނީ އާރުބީ ލައިޕްޒިގްއާއި ދެކޮޅަށެވެ.

ދަންވަރު 00:00 ގައި އިތުރު ހަ މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ. އެގޮތުން ވަރުގަދަ ޕީއެސްޖީ ނިކުންނާނީ ޖަރުމަނުގެ ޑޯޓްމަންޑާއި ދެކޮޅަށެވެ. އަދި މިދިޔަ އަހަރުގެ ޗެންޕިއަން މެންޗިސްޓަރ ސިޓީ ނިކުންނާނީ ރެޑް ސްޓަރ އާއި ދެކޮޅަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *