Saturday, 24 October 2026
Ads by

”ފްރީ ފަލަސްޠީން“ ކޮމެންޓު މޮޅުވުމުން ޗެލްސީ ވިމެން އިން ޕޯސްޓް ޑިލީޓްކޮށްލައިފި، ހުޅަނގުގެ ދެފުށްކެހެރި ސިޔާސަތުތަކަށް ބޮޑެތި ފާޑުކިޔުންތަކެއް

”ފްރީ ފަލަސްޠީން“ ކޮމެންޓު މޮޅުވުމުން ޗެލްސީ ވިމެން އިން ޕޯސްޓް ޑިލީޓްކޮށްލައިފި، ހުޅަނގުގެ ދެފުށްކެހެރި ސިޔާސަތުތަކަށް ބޮޑެތި ފާޑުކިޔުންތަކެއް

ޗެލްސީ އެފްސީ ވިމެން ތުރެޑްސްގެ ސޯޝަލް މީޑިއާ އެކައުންޓުގައި ބޭއްވި ޕްރޮމޯޝަނަލް ހަރަކާތެއްގައި އެންމެ ގިނައިން ލައިކް ލިބޭ ކޮމެންޓު ރަސްމީ އެކައުންޓުގެ ބަޔޯގައި ލިޔެދޭނެކަމަށް ބުނެ ބޭއްވި މުބާރާތުން "ފްރީ ފަލަސްޠީން" ކޮމެންޓު މޮޅުވިމުން، މުޅި ޕޯސްޓު ވަނީ ޑިލީޓްކޮށްލާފައެވެ. މިކަމާ އެ ކްލަބަށް ބޮޑެތި ފާޑުކިޔުންތަކެއްވަނީ އަމާޒުވެފައެވެ. (ފޮޓޯ ކޮލާޖު)

އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ޗެލްސީގެ އަންހެން ޓީމުން (ޗެލްސީ އެފްސީ ވިމެން) ސޯޝަލް މީޑިއާގައި ހިންގި ހަރަކާތެއްގެ އެންމެ ގިނަ ލައިކްސް ލިބުނު ކޮމެންޓަކަށް ”ފްރީ ފަލަސްޠީން“ (ފަލަސްޠީން މިނިވަންކުރޭ) ސުރުޚީ މޮޅުވުމުން، އެ ކްލަބުން މުޅި ޕޯސްޓް އެކީގައި ފޮހެލުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. މި ހާދިސާގެ ސަބަބުން، ހުޅަނގުގެ ވެރިކަންތަކާއި އަދި އޭގެ ލަގަނުގައި ހިފައިގެން އޮތް އިޒްރޭލުގެ ނުފޫޒު ބައިނަލްއަޤްވާމީ ކުޅިވަރު އިދާރާތަކުގެ މައްޗަށް ފޯރާފައިވާ މިންވަރާއި، އިންސާނީ ޙައްޤުތަކުގެ ނަމުގައި ހުޅަނގުން ގެންގުޅޭ ދެފުށްކެހެރި ސިޔާސަތު ވަނީ އިތުރަށް ހާމަވެގެން ގޮސްފައެވެ.

Ad Image
Ads by

ޗެލްސީ ވިމެންސްގެ ރަސްމީ ’ ތްރެޑްސް‘ އެކައުންޓުގައި ހިންގި މި ޙަރަކާތުގައި، އެންމެ ގިނަ ލައިކްސް ލިބޭ ކޮމެންޓެއް އެ އެކައުންޓުގެ ރަސްމީ ’ބަޔޯ‘ ގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ވަޢުދުވިއެވެ. މުޅި ދުނިޔެއިން ގިނަ އަދަދެއްގެ މީހުން ވަނީ ”ފްރީ ފަލަސްޠީން“ ޖެހުމަށް ވޯޓުދީ، 136,000 އަށްވުރެ ގިނަ ލައިކްސްއާއެކު އެ ކޮމެންޓް އެންމެ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، ލިބުނު ތާއީދާއެކު ބަޔޯ ބަދަލުކުރުމުގެ ބަދަލުގައި، ޗެލްސީއިން ވަނީ އެއްވެސް ބަޔާނެއް ނެރެން ނުކެރި، މުޅި ޕޯސްޓް އެކީގައި ފުހެލާފައެވެ.

ހުޅަނގުގެ ބާރުތަކާއި އޭގެ ދަށުން ހިންގާ ކުޅިވަރު އިދާރާތަކުން (ޔޫއޭއީއެފްއޭ އަދި ފީފާ ފަދަ) އިންސާނީ ޙައްޤުތަކާ މެދު އަބަދުމެ ފިލާވަޅު ނަގައިދެމުން ދިޔަ ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި، އަދި ހިންގަމުންދާ ފާޅުކަންބޮޑު ނަސްލުހޭދުއާ ދެކޮޅަށް އަޑުއުފުލުމުން އެއީ ”ސިޔާސީ“ ކަމެއް ކަމަށް ބުނެ އަޑުއުފުލުން މަނާކުރެއެވެ. މިއިން ދައްކުވައިދެނީ، ހުޅަނގުގެ އަޚުލާޤީ މިންގަނޑުތައް ހުރީ ހަމައެކަނި ދުނިޔޭގެ ނުފޫޒުގަދަ އެޕްސްޓީން ކްލާސް އެލީޓުން ކަނޑައަޅާފައިވާ ހަނި އިމެއްގެ ތެރޭގައި ކަމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި