Wednesday, 9 September 2026
Ads by

ހަފުތާއެއްގެ ތެރޭގައި ސްކޭމްގެ 37 މައްސަލަ، ގެއްލުނު ފައިސާގެ އަދަދު ބައިލައްކައަށްވުރެ މަތި

ހަފުތާއެއްގެ ތެރޭގައި ސްކޭމްގެ 37 މައްސަލަ، ގެއްލުނު ފައިސާގެ އަދަދު ބައިލައްކައަށްވުރެ މަތި

ސްކޭމް--- ފޮޓޯ: ގޫގުލް

މިހިނގާ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާއި ހަމައަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރަށް ސްކޭމާއި ގުޅުންހުރި 37 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

Ad Image
Ads by

އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި މައްސަލަތަކުގައި ޖުމުލަ 501,071.32 ރުފިޔާގެ ގެއްލުން އާންމުންނަށް ލިބިފައިވެއެވެ. އެހެންނަމަވެސް މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު މިހާތަނަށް 341,692 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް އެ އިދާރާއިން ވަނީ މައުލޫމާތުދީފައެވެ.

އެންޓި ސްކޭމް ސެންޓަރުން މައުލޫމާތުދީފައިވާ ގޮތުގައި، އެންމެ ގިނައިން އެ އިދާރާއަށް ހުށަހަޅާފައިވަނީ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމް މައްސަލަތަކެވެ. އެގޮތުން ސްކޭމްއާ ގުޅުންހުރި 15 މައްސަލައެއް ހުށަހަޅާފައިވާއިރު ދެވަނައަށް އެންމެ ގިނައީ ބޭރު ފައިސާ މާރުކުރުމާ ގުޅުންހުރި ސްކޭމްތަކެވެ. އެއީ 8 މައްސަލައެވެ. މީގެ އިތުރުން އިންވެސްޓްމަންޓް ސްކޭމްގެ 4 މައްސަލައެއް ވެސް ވަނީ ރިޕޯޓްކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މީގެ އިތުރުން އެހެނިހެން ބާވަތްތަކުގެ މަކަރާއި ހީލަތުގެ 4 މައްސަލައަކާއި، މީހަކަށް ހެދިގެން އޮޅުވާލައިގެން ހިންގާފައިވާ 3 މައްސަލައެއްގެ އިތުރުން، ބުކިންގ ކެންސަލްކުރުމާއި ފައިސާ އަނބުރާ ހޯދުމާ ގުޅޭ 3 މައްސަލައެއް ވެސް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ސްކޭމްގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު ފުލުހުން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ބުނެ ހިންގާ ސްކީމްތަކާ މެދު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މިފަދަ ސްކީމްތަކަކީ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ އަތުލުމަށްފަހު ފިލުމުގެ މަގްސަދުގައި ހިންގާ ކަންކަން ކަމަށް ފުލުހުން ބުންޏެވެ. އަދި ބޭރު ފައިސާ މާރުކުރުމުގައި ކާކުކަން ނޭނގޭ ފަރާތްތަކުގެ ބަދަލުގައި، ރަސްމީ ހުއްދަ އޮންނަ މާލީ އިދާރާތައް މެދުވެރިކޮށް މުއާމަލާތް ކުރުމަށް ފުލުހުން އިރުޝާދު ދީފައިވެއެވެ. އަދި އޮންލައިންކޮށް ތަކެތި ގަންނައިރު، މުދާ ލިބުމުން ފައިސާ ދެއްކޭނެ އިންތިޒާމް އިސްކުރުމަށާއި، ފައިސާ ފޮނުވުމުގެ ކުރިން ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ވެސް ފުލުހުން ލަފާދެއެވެ.

ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ ބުކިން ކެންސަލް ކުރުމުގެ ސްކޭމްތަކުން ރައްކާތެރިވުމަށް، ފައިސާ ދެއްކި ކަމުގެ ސްކްރީންޝޮޓްތަކަށް އެކަނި ބަރޯސާނުވެ، ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. އަދި އެހެން މީހަކަށް ވެގެން އޮޅުވާލައިގެން ފައިސާއަށް އެދޭ ހާލަތްތަކުގައި، އެ ފަރާތެއްގެ ސައްހަ ނަންބަރަކަށް ގުޅައިގެން މައުލޫމާތު ކަށަވަރު ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި