Ads by
ޚަބަރު
ޑީއެޗްއެލްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުން ދާތީ ސަމާލުވާން އެދިއްޖެ

ޑީއެޗްއެލްއިން އައިސްފައިވާ ޕެކޭޖެއްގެ ކަސްޓަމްސް ކްލިއަރެންސް ހެދުމަށް ފައިސާ ދެއްކުމުގެ ނަމުގައި، މެސެޖްތަކެއް ފޮނުވަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުން ބުނެފިއެވެ.

Ads by Eki Online

ފުލުހުން ވިދާޅުވީ ޑީއެޗްއެލް ޕެކޭޖެއްގެ ކަސްޓަމްސް ފީއަށް ފައިސާ ދެއްކުމަށް އެދި ޓީއެމްއޭގެ ނަމުގައި މެސެޖްތަކެއް ފޮނުވަމުންދާ ކަމަށެވެ. އަދި އެ މެސެޖުގައި ފައިސާ ދެއްކުމަށް ލިންކެއް ހިމަނާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް މިއީ ސްކޭމެއް ކަމަށާއި، މިފަދަ މެސެޖެއް ލިބުނަސް ލިންކަށް ނުވަނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޭޝް ކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ފަހަކަށް އައިސް މިފަދަ މައްސަލަތައް އިތިރުވަމުންދާތީ ފުލުހުން ވަނީ މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކުރަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *