Ads by
ކުޅިވަރު
ޑެކްލަން ރައިސް 138 މިލިއަން ޑޮލަރަށް އާސެނަލަށް

ޑެކްލަން ރައިސް، 138 މިލިއަން ޑޮލަރަށް އާސެނަލަށް ސޮއިކޮށްފިއެވެ.

Ads by Eki Online

އޭނާ އާސެނަލަށް ސޮއިކޮށްފައި ވަނީ އިނގިރޭސިވިލާތުގެ އެންމެ އަނގުބޮޑު މިޑްފިލްޑާގެ ގޮތުގައެވެ. ވެސްޓްހަމް ޔުނައިޓެޑްގެ ކެޕްޓަން ގޮތުގައި ހުރި ރައިސް އާސެނަލްއަށް ދިޔައީ މެންޗެސްޓަރ އިންވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

މީގެ ކުރިން ޗެލްސީއިންވެސް ވަނީ ރައިސް ގެންނަން މަސައްކަތް ކޮށްފައެވެ. އެކަމަކު، އޭރު ވެސްޓްހަމް މެނޭޖްމަންޓުން ނިންމީ އެއްވެސް އަގެއްގައި އެ ވަގުތު ރައިސް ނުފޮނުވުމަށެވެ.

ރައިސް ފާއިތުވެދިޔަ 4 އަހަރު ތެރޭގައި ވަނީ ވެސްޓްހަމް އަށް 204 މެޗު ކުޅެދީ، އެކުލަބަށް 10 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިދިޔަ އަހަރުގެ ސީޒަނުގައި ޔުއެފާ ކޮންފަރެންސް ލީގު އެޓީމަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް ރައިސް ވަނީ އަދާކޮށްދީފައެވެ.

ޗެލްސީގެ ޔޫތު ޓީމަށް 2006-2014 ވަނަ އަހަރާއި ހަމައަށް ކުޅުނު ރައިސް ވެސްޓްހަމް އަށް ބަދަލުވީ 2014 ވަނަ އަހަރުއެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެޓީމުގެ ސީނިއާ ޓީމަށް ކުޅެމުން އަންނަ ރައިސް ވަނީ 2017-2019 ވަނަ އަހަރު އެޓީމުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ އެވޯޑް ވެސް ހޯދާފައެވެ. ޖެހިގެން އައި 4 އަހަރު ރައިސް ވަނީ އެކުލަބުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *