Wednesday, 19 August 2026
Ads by

އޮމާން ކައިރިއަށް ބީހުނު ތެޔޮ ބޯޓުން ބޭރުވި ތެޔޮގަނޑު ފެތުރި، ތިމާވެށްޓަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެ

އޮމާން ކައިރިއަށް ބީހުނު ތެޔޮ ބޯޓުން ބޭރުވި ތެޔޮގަނޑު ފެތުރި، ތިމާވެށްޓަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެ

އޮމާންގެ ރައުސް މަދްރަކާ ކައިރީގެ އައްސޭރިފަށަށް ފެތުރިފައިވާ ތެޔޮތައް މަސައްކަތްތެރިން ސާފުކުރަނީ. (އޯއެންއޭ)

އޮމާންގެ ދެކުނުގެ ޖަޒީރާއެއް ކައިރިއަށް ބީހިފައިވާ ”ކެރޮލައިން ބެޒެންގީ“ ނަމަކަށް ކިޔާ ތެޔޮ ބޯޓުން ބޭރުވި ތެޔޮގަނޑު ޢަރަބި ކަނޑަށް ފެތުރި، އޮމާންގެ މައި ފަސްގަނޑުގެ އައްސޭރިފަށުގެ 40 ކިލޯމީޓަރުގެ ސަރަހައްދަކަށް އޭގެ ނޭދެވޭ އަސަރުކޮށްފިއެވެ. އޮމާންގެ އެންވަޔަރަންމަންޓް އޮތޯރިޓީން ވަނީ ރަސް މަދުރަކާ ސަރަހައްދުގެ ގޮނޑުދޮށްތަކަށް ތެޔޮ ފެތުރުމާ ގުޅިގެން ކުއްލި ނުރައްކަލުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މި ބޯޓަކީ ގާތްގަނޑަކަށް އެއް މިލިއަން ފީޕާގެ ސާމް ތެޔޮ އުފުލަމުންދަނިކޮށް، ގޮވުމެއް ގޮވައި، މިނިވަން ދަތުރުފަތުރަށް ހުރަސްއެޅި، ޖޫން މަހުގެ ތެރޭގައި ފަރަކަށް ބީހުނު ބޯޓެކެވެ.

Ad Image
Ads by

ސެޓެލައިޓް މައުލޫމާތުތަކުން ދައްކާ ގޮތުގައި، ކަނޑަށް ފެތުރިފައިވާ ތެޔޮގަނޑުގެ ބޮޑުމިން 390 އާއި 1,700 އަކަކިލޯމީޓަރާ ދެމެދުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ. ގަދަ ވަޔާއި 4 މީޓަރުގެ އުސް ރާޅުތަކުގެ ސަބަބުން، 17 ޑިގްރީއަށް އަރިއަޅާލާފައިވާ ބޯޓުން ބާކީ ހުރި ތެޔޮ ނެގުމުގެ މަސައްކަތަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ އަރަބި ކަނޑުގެ ބޮޑުމަހާއި، ވެލާ އަދި މުރަކައިގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ބިރު ވަނީ ބޮޑުވެފައެވެ. އޮމާން ސަރުކާރުން ވަނީ ދުޤުމް އަދި މަސީރާ ރަށުގައޖ ތެޔޮ ސާފުކުރުމުގެ ޚާއްޞަ ސެންޓަރުތަކެއް ޤާއިމްކޮށް، ގޮނޑުދޮށްތައް ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
health
ޤައުމީ ޓީމުތަކުން ޖާގަ ލިބޭނީ ދުންފަތާ ދުރު އެތުލީޓުންނަށް: ކެބިނެޓް
big_eNcA8TOwMsNHlJFyKHVGwzSIG
ވާނުވާ ބަންދުގައި ތިބޭ މީހުން އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ
janab_ibrahimmohamed2
ރާއްޖެޓީވީން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭ: ޖަނާބު
Screenshot
ވެންޓިލޭޓަރުން ވައްކަންކުރި ވާހަކަ ދެއްކުމުން އެމްޑީޕީ ކައުންސިލަރުން ރުޅިގަދަވެ، ވިލިމާލެ ހޮސްޕިޓަލު މަސައްކަތަށް ހުރަސް އަޅައިފި
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
Screenshot 2026-08-18 190318
ސިނަމާލެ ބުރިޖުގައި ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި