ވިއްސާރަވެ، ވައިގަދަވުމުގެ ސަބަބުން ތ.ކަނޑޫދޫގައި ފާރެއް ވެއްޓި އަނިޔާ ލިބުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

Ads by MN Maldives
އިއްޔެ ހަވީރު ހިނގި މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ 10 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
އެރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ މިހާދިސާ ހިނގީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށާއި، އެވަގުތަކީ ވަރަށް މޫސުން ގޯސްވެ، ވައިގަދަވި ވަގުތެއް ކަމަށެވެ. އެ ފާރަކީ މީހުން ދިރިއުޅޭ ގެއެއްގެ ވަށާފާރު ކަމަށާއި، އެއީ ދުވަސްވީ ފާރެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެ ރަށު ސިއްހީ މަރުކަޒުން ބުނީ އަނިޔާ ލިބުނު ކުޑަކުއްޖާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދަން ލަފާދީފައިވާ ކަމަށެވެ. އެއާ އެމްބިއުލާންސްގައި އެކުއްޖާ މާލެ ގެނެސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެެވެ.