Monday, 17 August 2026
Ads by

ބިދޭސީން އަތުންނަގާ ވިތުހޯލްޑިންގ ޓެކްސް ދެގުނަ ބޮޑުކުރަން މަޖިލީހަށް ބިލެއް!

ބިދޭސީން އަތުންނަގާ ވިތުހޯލްޑިންގ ޓެކްސް ދެގުނަ ބޮޑުކުރަން މަޖިލީހަށް ބިލެއް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތު ހޯލްޑިންގ ޓެކްސް ދެގުނައަށް ބޮޑުކުރުމަށް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

Ad Image
Ads by

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ދިވެހި ކޮންޓްރެކްޓަރުން، ބޭރުގެ ކޮންޓްރެކްޓަރުންނާ ހަަމަހަމަ ވާދަވެރި މާހައުލެއް އުފެއްދުމެވެ. މި ބިލުގައި، ވިތުހޯލްޑިންގ ޓެކްސް 5 އިންސައްތައިން 10 އިންސައްތައާއި ހަމައަށް ބޮޑުކުރުމަށް ވަނީ ހުށަހަޅައިފައެވެ. އަދި މި ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް އަހަރެއްގެ މައްޗަށް އިތުރު 251 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ވިތުހޯލްޑިންގ ޓެކުހަކީ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދިވެހި ވިޔަފާރިތަކުން ފައިސާ ދައްކާ ނަަމަ، އެ ދައްކަންޖެހޭ އަގުގެ ތެރެއިން އުނިކޮށްގެން ނަގާ ޓެކުހެކެވެ. މި ފައިސާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާނީ ދިވެހި ކުންފުނިތަކުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލަށް މެންބަރުން ވަނީ ބަހުސް ވެސް ކުރައްވައިފައެވެ. އެގޮތުން ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ މެންބަރުން މި ބިލަށް ބަހުސްކުރައްވަމުން ވިދާޅުވީ ގާނޫނަށް މި ބަދަލު ގެނެވުމުން މަޝްރޫއުތަކަށް ވާދަކުރުމުގައި ދިވެހި ކޮންޓްރެކްޓަރުންނަށް އިތުރު ފުރުސަތު ލިބިގެންދިއުމުގެ އިތުރުން ބޭރުގެ ކޮންޓްރެކްޓަރުންނާ ވާދަކުރުމުގައި ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ. ޕީއެންސީގެ މެންބަރުންގެ އިތުރުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ވަނީ މި ބިލަށް ތާއީދުކުރައްވައިފައެވެ. ނަމަވެސް މި ބަދަލުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.

ވިތުހޯލްޑިން ޓެކްސް ދެގުނައަށް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވަން ވެސް މިހާރު ވަނީ ފާސްކޮށްފައެވެ. މި ބިލު ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަަޑައިގެންނެވި މެންބަރުންގެ ތެރެއިން އެންމެ މެންބަރެއް ފިޔަވާ ދެންތިބި ހުރިހާ މެންބަރުން ވޯޓުދެއްވީ ބިލް ބަލައިގަތުމަށް ފެންނަ ކަމަށެވެ. ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓުދެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމް އެކަންޏެވެ،

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Majlis_majilis2
ބިދޭސީން އަތުންނަގާ ވިތުހޯލްޑިންގ ޓެކްސް ދެގުނަ ބޮޑުކުރަން މަޖިލީހަށް ބިލެއް!
20260817_143840
އެމެރިކާ ސިފައިންގެ މީހަކު މަރާލުން ނުވަތަ އަތުލައިގަތުމުން 30,000 ޑޮލަރުގެ އިނާމެއް ލިބޭނެކަމަށް އީރާނުން ޢިއުލާންކޮށްފި
big_fVfDxXp4V0e0wSZmk00DFjMV0
ވާރލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ އޭވިއޭޝަން ޕާޓްނަރަކަށް އެމްއޭސީއެލް
Dr
ސްޓޭޓް ފާމާގެ ހިދުމަތްތައް ފުޅާކުރަން އިތުރު ފާމަސިސްޓުން ބޭނުންވޭ: ޑރ ޝާހު
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ