Monday, 17 August 2026
Ads by

ބޭރު ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ޓެކްސް ބޮޑުކުރުމުން ހަމަހަމަކަން ގާއިމްކުރެވޭނެ: އަޝްރަގު

ބޭރު ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ޓެކްސް ބޮޑުކުރުމުން ހަމަހަމަކަން ގާއިމްކުރެވޭނެ: އަޝްރަގު

ބޭރު ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ޓެކްސް ބޮޑުކުރުމުން ދިވެހި ކޮންޓްރެކްޓަރުންނާ އޮންނަ ތަފާތުތައް ނެތި ހަމަހަމަކަން ގާއިމް ކުރެވޭނެ ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ހިމެނޭ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓަށް އިތުރު ކުރަން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލުގެ ބަހުސްގައި އަޝްރަގު ވިދާޅުވީ ރާއްޖޭގެ ޓެކްސް ނިޒާމުގައި ބޮޑު އުނިކަމެއް އޮންނަތާ އެތައް ޒަމާނެއް ވެއްޖެ ކަމަށެވެ.

”ދިވެހި ރާއްޖޭއިން ބޭރުގެ ކުންފުނިތަކުން ދިވެހިރާއްޖެއަށް އައިސް އެތައް މިލިއަން ޑޮލަރުގެ ފައިދާއެއް ނަގައިގެން އެ ދަނީ ރާއްޖެއިން ބޭރަށް އެ ފައިސާ ހިފައިގެން. މި ބޭފުޅުން ޕްރޮޖެކްޓް ނިންމުމަށް ފަހު ޓެކްސް ދައްކާ ހިސާބަށް އައުމުން އޮފްޝޯ ހަރަދުތައް ބޮޑުކޮށް ދައްކައި ޓެކްސް ސުމަކަށް ހަދައި. އެހެންނަމަވެސް ދިވެހި ކުންފުނިތަކުން ދަނީ ބަރާބަރަށް ޓެކްސް ދައްކަމުން“ އަޝްރަގު ވިދާޅުވިއެވެ.

އަޝްރަގު ވިދާޅުވީ، އެ ބިލް އައުމުން އެ ނާއިންސާފު މުޅިން ނެތިގެންދާނެ ކަމަށެވެ.

”އަޅުގަނޑަށް ވަރަށް ސާފުކޮށް ބުނަން ކެރޭ މި ބިލަކީ ދިވެހި ކުދި ވިޔަފާރިތަކުން ލޯ ލާރިއެއް ނަގާނެ ބިލެއް ނޫން.“ އަޝްރަގު ވިދާޅުވިއެވެ.

އަޝްރަގު ވިދާޅުވީ، އެމްޑީޕީން މި ބިލާ ދެކޮޅު ވަނީ، ޕާޓީގެ ލީޑަޝިޕުން ޕީއެންސީން ހުށަހަޅާ އެއްވެސް ބިލަކަށް ތާއީދު ނުކުރަން އެންގުމުން ކަމަށާއި އެ ބިލަކީ ރަނގަޅު ބިލެއްކަން އެމްޑީޕީ މެންބަރުންނަށްވެސް ސާފުވެވަޑައިގަންނަވާ ކަމަށެވެ.

ގާނޫނަށް މި އިސްލާހު ގެނައުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައި ވަނީ، ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަ ކުރުމުގައި، ދިވެހި ވިޔަފާރިތަކާއި ވަޒަންވެރި ވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމް ކުރުން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Resort
ރިސޯޓްތަކުގެ ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފި
IMG_7951
ހުވަދޫ ކަނޑަށް އަޑިއަށްދިޔަ ސަޕްލައި ދޯނިން ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަން: މުޅި ކަނޑުގެ ސަރަޙައްދު ބަލައިފި
HP2EWs_acAA-cA8
ދިވެހި ސަރުކާރުން އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި
02
ދޯނި ބަނޑުންޖަހާލައި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހުންގެ އެއްވެސް ނިޝާނެއް ނުފެނުނު
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ