Saturday, 17 October 2026
Ads by

ހުވަދޫ ކަނޑަށް އަޑިއަށްދިޔަ ސަޕްލައި ދޯނިން ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަން: މުޅި ކަނޑުގެ ސަރަޙައްދު ބަލައިފި

ހުވަދޫ ކަނޑަށް އަޑިއަށްދިޔަ ސަޕްލައި ދޯނިން ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަން: މުޅި ކަނޑުގެ ސަރަޙައްދު ބަލައިފި

2026 އޮގަސްޓް 5 ވީ ބުދަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ”ފްރެންޑް 4“ ނަމަކަށް ކިޔާ ސަޕްލައި ދޯނި ބަންޑުންޖަހާލައި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަރަށް ފުޅާ ދާއިރާއެއްގައި ކޮށްފިއެވެ.

Ad Image
Ads by

މި ހާދިސާ ހިނގި ވަގުތު އެ ސަރަޙައްދާ ވަރަށް ކައިރީގައި ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ ލޯންޗެއްގެ އިތުރުން އެމްއެންޑީއެފްގެ ލޯންޗެއް އޮތުމުން، ދޯނި ބަންޑުންޖަހާލި ވަގުތު ފުންމާލި މީހުންނާއި ދޯނިން ނުކުމެވުނު މީހުން ވަނީ ވަގުތުން ސަލާމަތްކުރެވިފައެވެ. ނަމަވެސް، މި ހާދިސާގައި 3 މީހަކު ގެއްލިފައިވާއިރު، އެ މީހުން ހޯދުމަށް ކަނޑުމަގުންނާއި ވައިގެމަގުން މުޅި ހުވަދޫ ކަނޑުގެ ސަރަޙައްދު ވަނީ ބަލާފައެވެ. އަދި ވަޔާއި އޮއިވަރު ހުރި ގޮތަށް ބަލައިގެން، ހައްދުންމަތީގެ ފަރުތަކާއި ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ވަނީ ފާސްކޮށްފައެވެ.

މި އޮޕަރޭޝަންގައި މޯލްޑިވިއަންގެ އެއަރކްރާފްޓްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ2 ޑްރޯންތައް ބޭނުންކޮށްފައިވެއެވެ. އިންފްރާރެޑް ސެންސަރު އެކުލެވޭ މި ޑްރޯންތަކަކީ ރޭގަނޑުގެ އަނދިރީގައި ވެސް ކަނޑުމަތީގައިވާ ތަކެތި ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ. މީގެއިތުރުން، އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކޮށްފައިވާ ”ކޯސްޓްގާޑް ޝިޕް އިމާދުއްދީން“ ގައި ހުރި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަނޑުމަގުން ބޮޑު ސަރަޙައްދެއް ވަނީ ބަލާފައެވެ.

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އެމެރިކާ އަސްކަރިއްޔާގެ އެހީތެރިކަން ވެސް މި އޮޕަރޭޝަނަށް ވަނީ ލިބިފައެވެ. މިގޮތުން ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިއު އަށް ޚާއްޞަ އެމެރިކާ ނޭވީގެ ޕީ8 މަރުކާގެ މަތިންދާބޯޓެއް ބޭނުންކޮށްގެން ހުވަދޫ ކަނޑުގެ 6,300 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ.

ދޯނި ބަންޑުންޖަހާލައި ކުއްލި ގޮތަކަށް އަޑިއަށް ގޮސްފައިވަނީ 1600 މީޓަރަށް ވުރެ ފުން ސަރަޙައްދަކަށެވެ. މިއީ އާންމުކޮށް ޑައިވް ކުރެވޭ ފުންމިނަކަށް ނުވާތީއާއި، ހަނގުރާމަމަތީ ސަބްމެރިންތަކަށް ވެސް ހަރަކާތްތެރި ނުވެވޭހާ ފުން ސަރަޙައްދަކަށް ވާތީ، ގެއްލުނު މީހުން ކަނޑުމަތިން ދިރިތިއްބާ ފެނުމުގެ ފުރުޞަތު ކުޑަކަމަށް ވަނީ ބެލެވިފައެވެ.

މި ހާދިސާ ހިނގިތާ 11 ދުވަސް ވެފައިވާއިރު، 16 އޮގަސްޓް 2026 ގެ 18:00 އާ ހަމައަށް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބަލާފައެވެ. މީގެއިތުރުން، އެ ސަރަޙައްދުގެ ގޮނޑުދޮށްތަކާއި ފަރުތަކުން 288 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބަލައި ފާސްކުރެވިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި