Monday, 17 August 2026
Ads by

ދޯނި ބަނޑުންޖަހާލައި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހުންގެ އެއްވެސް ނިޝާނެއް ނުފެނުނު

ދޯނި ބަނޑުންޖަހާލައި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހުންގެ އެއްވެސް ނިޝާނެއް ނުފެނުނު

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެމެރިކާގެ އަސްކަރީ މަތިންދާބޯޓު---

”ފްރެންޑް 4“ ނަމަކަށް ކިޔާ ސަޕްލައި ދޯނި ބަންޑުން ޖަހާލުމުގެ ސަބަބުން ގެއްލުނު ތިން މީހުން ހޯދުމަށް ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމެރިކާ އަސްކަރިއްޔާގެ މަތިންދާބޯޓަށް ވެސް އެ މީހުން ހޯދުމުގެ މަސައްކަތް ނާކާމިޔާބުވެއްޖެއެވެ.

Ad Image
Ads by

މި މަހުގެ 6 ވަނަ ދުވަހުގެ ރޭ 10:20 ހާއިރު ހިނގި މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫންގެ އިތުރުން، އެހީތެރިކަން ފޯރުކޮށްދިނުމަށް ދޯންޏަށް އެރި ސަލާމަތީ ބާރުތަކުގެ ދެ އޮފިސަރުން ކަމުގައިވާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަޙުމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް ޢަލީ ނާފިއުއެވެ.

މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް އެ ދޯނި އަޑިދިޔަ ސަރަހައްދުގެ މަތިން އެމެރިކާގެ ނޭވީގެ ”ބޮއިންގް ޕީ-8އޭ ޕޮސައިޑަން“ މަރުކާގެ މެރިޓައިމް ޕެޓްރޯލް މަތިންދާބޯޓެއް އިއްޔެ ވަނީ ހަރަކާތްތެރިވެފައެވެ. ފްލައިޓް ރާޑާގެ މައުލޫމާތުތައް ދައްކާގޮތުން، މި މަތިންދާބޯޓު ދަތުރުކޮށްފައިވަނީ ރާއްޖޭގެ ވައިގެ ސަރަހައްދުގެ ގާތްގަނޑަކަށް 1،500 ފޫޓު ތިރިން، މީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްދާ ސަރަހައްދުގެ ސީދާ މަތިންނެވެ. މި ހާދިސާ ހިނގިތާ 10 ދުވަސް ވެފައިވާއިރު، އެމްއެންޑީއެފްއިން ހުކުރު ދުވަހު ބުނީ އެ ދުވަހުގެ ހަވީރު 18:00 އާ ހަމައަށް ވައިގެ މަގުން 9,920 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގި ވަގުތުން ފެށިގެން އިންފްރާރެޑް ސެންސަރު އެކުލެވޭ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން، ކަނޑުމަތިން އޮޔާދިޔަ ބައެއް ތަކެއްޗާއި ބައިތައް ވަނީ ދެނެގަނެވިފައެވެ. މީގެއިތުރުން، ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، އިންޓަސެޕްޓަރ ކްރާފްޓްތަކުގެ އިތުރުން ހާބަރ ޕެޓްރޯލް ލޯންޗާއި ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން ގއ. އަތޮޅާއި ލ. އަތޮޅުގެ ފަރުތަކާއި ހުވަދޫ ކަނޑު އެއްކޮށް ވަނީ ބަލައި ފާސްކޮށްފައެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނީ ދޯނި އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ކަމަށެވެ. މިއީ އަސްކަރީ އަދި ނިއުކްލިއަރ ސަބްމެރިންތަކަށް ވެސް އޮޕަރޭޓް ކުރެވޭ މިންވަރަށް ވުރެ މާ ފުން ސަރަޙައްދެއްކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Resort
ރިސޯޓްތަކުގެ ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފި
IMG_7951
ހުވަދޫ ކަނޑަށް އަޑިއަށްދިޔަ ސަޕްލައި ދޯނިން ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަން: މުޅި ކަނޑުގެ ސަރަޙައްދު ބަލައިފި
HP2EWs_acAA-cA8
ދިވެހި ސަރުކާރުން އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި
02
ދޯނި ބަނޑުންޖަހާލައި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހުންގެ އެއްވެސް ނިޝާނެއް ނުފެނުނު
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ